ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 11:20
ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަދި ސިރިސޭނާ
ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަދި ސިރިސޭނާ
ގޫގުލް
ސްރީލަންކާ
ލަންކާގެ ބޮޑުވަޒީރަށް ނިސްބަތްވާ ޓީވީ ޗެނަލް ބަންދުކޮށްފި
މިކަމާ ގުޅިގެން ލަންކާގައި ގޯސްވެފައިވާ ވެރިކަންކުރާ ކޯލިޝަނުގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އާއިލާ ނިސްބަތްވެ ވަޑައިގަންނަވާ ޓީވީ ޗެނަލް ކަމަށްވާ ޓެލްޝާން ޓީވީ ނެޓްވާކް ބަންދު ކޮށްފިއެވެ.

މިޓީވީ ޗެނަލަކީ ރަނިލް ވިކްރަމަސިންހަގެ ބޭބޭފުޅު ޝާން ވިކްރަމަސިންހަގެ ބެއްލެވުމުގެ ދަށުން ހިންގާ ޗެނަލެކެވެ.

ލަންކާގެ މިޑިއާގެ ބެލެނިވެރި ފަރާތް ކަމަށްވާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ އޮތޯރިޓީ( ޓީއާރުސީ)އިން ޓެލްޝާން ޓީވީ ނެޓްވާކް ބަންދުކޮށްފައިވަނީ އެތަނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އެޓީވީއިން ވަނީ އެކަން ދޮގު ކޮށްފައެވެ.  އެޓީވީ ޗެނަލް ބަންދު ކޮށްފައިވަނީ ރައީސް ސިރިސޭނާއަށް ފާޑުކީތާ މާގިނަ ދުވަހެއް ނުވަނީހެވެ. ޓީއާރުސީ ހިންގަނީ ސީދާ ސިރިސޭނާގެ ބެއްލެވުމުގެ ދަށުންނެވެ.

މިޓީވީ ޗެނަލް ބަންދުކުރުމުން ސްރީލަންކާގެ މީޑިއާގުރޫޕުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ. މިކަމާއި ގުޅިގެން ލަންކާގައި ގޯސްވެފައިވާ ވެރިކަން ކުރާ ކޯލިޝަނުގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިކަމާއި ގުޅިގެން ރަނިލް ވިކްރަމަ ސިންހަ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ އަދި ސިރިސޭނާ 2015 ވަނަ އަހަރުގެ ރައީސް ކަމަށް ހޮވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ޕާޓީ ޔުނައިޓެޑް ނޭޝަލް ޕާޓީ (ޔޫއެންޕީ)ން ވަނީ ސިރިސޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

މީގެ ކުރިން ރައީސް ސިރިސޭނާ ވަނީ އެގައުމުގެ މީޑިއާތަކަށް ސަރުކާރުން ކުރާ ދަތި ކުރުންތަކަށް ނިމުމެއް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ލަންކާގައި  މިދިޔަ ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސިރިސޭނާ އާއި ރަނިލްގެ ޕާޓީގެ މެދުގައި ވަނީ ވަރަށް ބޮޑަށް މައްސަލަތައް ޖެހިފަ އެވެ. ސިރިސޭނާ ލަންކާގެ ރައީސަކަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް