ކ. މާލެ
|
8 ޖޫން 2018 | ހުކުރު 23:00
ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް
ގޫގުލް
އުތުރު ކޮރެއާ-އެމެރިކާ
ބައްދަލުވުން ކާމިޔާބު ވެއްޖެނަމަ އުތުރު ކޮރެއާގެ ލީޑަރު އެމެރިކާއަށް ވަޑައިގަތުމަށް ދައުވަތު އަރުވާނަން: ރައީސް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުވުން އޮންނާނީ ޖޫން 12 ގައި ސިންގަޕޫރުގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ޖޫން 12 ގައި ބާއްވާ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމަކަށް ވެއްޖެނަމަ ރައީސް ޑޮނަލްޑް ޓްރަމްްޕް ހުންނެވީ އުތުރު ކޮރެއާގެ ލީޑަރު، ވައިޓް ހައުސް އަށް ދައުވަތު އެރުވުމަށް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ ޖޫން 12 ގައި ބައްދަލުވުން ކާމިޔާބު ނުވެއްޖެ ނަމަ އެމަނިކުފާނު ހުންނެވީ ދުރަށް ވަޑައިގަންނަވަން ތައްޔާރަށް ކަމަށެވެ. ރައީސް ޓްރަމްޕް ވިދާޅުވީ 1953-1950 އަށް ކުރެވުނު ކޮރެއާ ހަނގުރާމަ ނިންމުމުގެ އެގްރީމެންޓެއްގައި އުތުރު ކޮރެއާގެ ލީޑަރާއެކު އެމަނިކުފާނު ސޮއެ ކުރެއްވުން އެކަށީގެންވާ ކަމަށެވެ. 1953-1950 އަށް ކުރެވުނު ކޮރެއާ ހަނގުރާމަ ނިންމުމަށްފަހު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއެކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ހަނގުރާމަ ހުއްޓާލުމަށް ވެވުނީ ދެފަރާތުގެ އެއްބަސްވުމެކެވެ. 

ޖޫން 12 ގައި އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާއްވަން ހަމަޖެހުނު ބައްދަލުވުން ރައީސް ޓްރަމްޕް ދާދިފަހުން ކެންސަލް ކުރެއްވިއެވެ. އޭގެ ފަހުން ސިންގަޕޫރުގައި ބާއްވަން ޝެޑިއުލް ކުރެވުނު ސަމިޓު ކުރިން ޝެޑިއުލް ކުރެވުނު ގޮތަށް ޖޫން 12 ގައި އޮންނާނެ ކަމަށް ރައީސް ޓްރަމްޕް ފަހުން އިއުލާން ކުރެއްވިއެވެ. ޖޫން 12 ގައި އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިން ބައްދަލު ކުރާއިރު، މި ބައްދަލުވުމުގެ މައިގަނޑު ކަަމަކަށް ވާނީ އެމެރިކާ އިން އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ގޮވާލުމެވެ. އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް އަކީ އެމެރިކާ އިން ބުނާގޮތުން އެމެރިކާ އަށް ހުރި ނުރައްކަލެކެވެ. 

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމަށް ހަގީގީ ސިފަ އައިސް އެ ބައްދަލުވުން، ހަގީގަތަކަށް ހެދުމަށްޓަކައި ޑިޕްލޮމަސީ ކުރިއަށް ނެރެ އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. އެ ދެގައުމަށް ވާގިވެރިވުމަށް އެމެރިކާއާ އަބަދުވެސް ރަހްމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ ދެކުނު ކޮރެއާ އިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް