ބަނބުކެޔޮ ކުޅި ބަތްޕެން
6 ޖޫން 2018 | ބުދަ 16:43
ބަނބުކެޔޮ ކުޅި ބަތްޕެން - ނާޒްމީ ސައީދު
ބަނބުކެޔޮ ކުޅި ބަތްޕެން - ނާޒްމީ ސައީދު
ރާއްޖެއެމްވީ
  1. އެއް ބަނބުކެޔޮ (ކުދިކޮށް ކޮށާފައި)
  2. ދެ ފިޔާ
  3. ވަޅޯ މަސް (އެއް އަރި)
  4. ދެ ހިކަނދިފަތް
  5. އެއް ރާނބާފަތް
  6. އެއް ސައިސަމުސާ އަސޭމިރުސް ( ނުމުގުރާ)
  7. އެއް ސައިސަމުސާ ރީނދޫ
  8. ލޮނު (ރަހަލާވަރަށް)
  9. އެއް އަނބު
  10. އެއް ގިތެޔޮ މިރުސް
  11. ދެ ޖޯޑު ހަނޑޫ (ކައްކާފައި)

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ތެއްޔެއްގެ ތެރެއަށް ފެނާ ބަތާއި ކޮށާފައި ހުރި ބަނބުކެޔޮ އަޅާ އެއްކޮށްލާށެވެ. އެއަށް ފަހު ރީނދޫ އަޅާ ކުޑަކޮށް ގަށާލާށެވެ. މަޑުގިނީގައި 5 ވަރަކަށް މިނިޓް ކެއްކުމަށް ފަހު ބާކީ ހުރި ހުރިހާ ބާވަތެއް އަޅާ ރަނގަޅަށް އެއްކޮށްލުމަށް ފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ. ބަނބުކެޔޮ މަޑުވެ ޗަސްވުމުން ބަތާއެއްކޮށް އޮލަވާ ވަރަށް ޗަސްކޮށްލުމަށް ފަހު، އުނދުން މަތިން ބާލާށެވެ.

- ކޮމެންޓް