ބޭނުންވާ ތަކެތި

  1. ޗިކަން ބްރެސްޓް (އެއް ފަޅި)
  2. އެއް ލޮނުމެދު (ޗަސްކޮށްފައި)
  3. އެއް ސައިސަމްސާ އޮއިސްޓަރ ސޯސް
  4. މާޖަރީން
  5. އެއް ސައިސަމުސާ އަސޭމިރުސް
  6. ލޮނު (ރަހަލާ ވަރަށް)

 

ތައްޔާރުކުރާނެ ގޮތް

ތައްޓެއްގެ ތެރެއަށް ކުކުޅުކޮޅު އެޅުމަށް ފަހު، މާޖިރީން، އޮއިސްޓަރ ސޯސް އަދި އަސޭމިރުސް މަސްކޮޅުގައި ހާކާލާށެވެ. ކުޅިކޮށް ކާން ބޭނުންވާ ފަރާތްތަކުން އެ ބޭނުންވާ މިންވަރަށް އަޅާށެވެ. ކުކުޅު ބޯ ނަމަ އަރިމަތިން ފަޅާލުމަށް ފަހު، އޭގެ ތެރެއަށް މާޖިރީން ކޮޅެއް އަޅާ މަސްތަކުގެ ތެރެއަށް ޕްރެސްކޮށްލާށެވެ. ރަހަލާވަރަށް ލޮނު ހެޔޮވަރުކުރުމަށް ފަހު، މަޖިރީންކޮޅެއް ތަވައިގެ ތެރެއަށް އަޅާލާށެވެ. މަޖިރިން ދިޔާވުމުން އޭގެ ތެރެއަށް ތައްޔާރުކޮށްފައިވާ މަސްކޮޅު އަޅާ ދެ ފުއް ރޯފިލާވަރަށް ފިހެލާށެވެ. މި މަސްކޮޅާ ބަތާ ބޮއިލްޑް ވެޖްޓަބަލް ކޮޅަކާއި އެކު މީރުވާނެއެވެ.

- ކޮމެންޓް