ކުޅުންތެރިންނަށް ރޯދަ ވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން ޓިއުނީޝިއާގެ ކީޕަރު މަކަރު ހަދައިފިއެވެ.
ޓިއުނީޝިއާގެ ފުޓްބޯޅަ ޓީމުގެ ކީޕަރު ވަނީ ރަމަޟާން މަހުގައި ކުޅޭ މެޗްތަކުގައި އެ ޓީމުގައި ހިމެނޭ މުސްލިމު ކުޅުންތެރިންނަށް ރޯދަ ވީއްލުމަށް ފުރުސަތު ތަނަވަސްކޮށްދިނުމަށް މޮޅު އުކުޅެއް ބޭނުންކޮށްފައެވެ.
މިދުވަސްވަރު ކުރިއަށްދާ ވަރލްޑް ކަޕް ޕްރެންޑްލީ މެޗުތަކުގެ ތެރެއިން ޓީއުނީޝިއާ ކުޅުނު ދެ މެޗުގައި ވެސް އެޓީމުގެ ކީޕަރު މޮއެޒް ހަސަން ވަނީ މަޣްރިބް ނަމާދު ވަގުތު ޖެހުމާ އެކު އަނިޔާވެފައިވާކަން ދައްކައި ދަނޑުމައްޗަށް ވެއްޓިފައެވެ.
Fun fact:
— Souhail Khmira (@SKhmira) June 2, 2018
Tunisian National team has played the last two friendlies while fasting. So, whenever the time comes to break Fast. The players have an agreement that the GK would go down so they can get a moment to drink some water and get something to eat #Ramadan #tunisia pic.twitter.com/4Rgz380ukW
މިކަން ފުރަތަމަ ހިނގާފައި ވަނީ ޕޯޗުގަލްއާ އެކު ކުޅުނު މެޗުގައެވެ. އެމެޗުގެ 58 ވަނަ މިނެޓްގެ ތެރޭގައި އޭނާއަށް އަނިޔާވުމުން މެޑިކަލް ސްޓާފުން ދަނޑު މައްޗަށް އެރިއެވެ. އެވަގުތުގެ ބޭނުންކޮށް އެހެން ކުޅުން ތެރިން ވަނީ ފެނާއި ކަދުރުން ރޯދަ ވީއްލާފައެވެ.
ދެން މިކަން ހިނގާފައި ވަނީ ޓިއުނީޝިއާ އިން ތުރުކީއާ އެކު ކުޅުނު މެޗުގައެވެ. އެމެޗުގައި ވެސް ހަސަން އަނިޔާވި ކަމަށް ދެއްކުމުން އެގައުމުގެ ގިނަ ކުޅުންތެރިވަނީ ރޯދަވީއްލާފައެވެ. މިކަން ހިނގާފައި ވަނީ އެމެޗުގެ 49 ވަނަ މިނެޓް ތެރޭގައެވެ. މިކަން ދެމެޗުގައި ވެސް ހިނގާފައި ވަނީ ރޯދާ ވީއްލަންޖެހޭ ގަނޑިއާ ދިމާކޮށްފައެވެ. ދެމެޗުން ވެސް ޓިއުނީޝިއާ ވަނީ 2-2 އިން އެއްވަރުވެފައެވެ.
ޓިއުނޭޝިއާގެ ކީޕަރު އަނިޔާގެ ފޭކު ޖައްސާފައިވާ އިރު ވަރލްޑް ކަޕްގައި ޓިއުނީޝިއާ ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހު ނުކުންނާނީ އިނގިރޭސިވިލާތާ ދެކޮޅަށެވެ.
ގާތްގަނޑަކަށް 12 އަހަރަށް ފަހު ޓިއުނޭޝިއާ ވަރލްޑް ކަޕަށް އެ ޓީމު ކުއަލިފައިވާ އެއްވެސް ޓީމެއް އަތުން ބަލިނުވެއެވެ.