ކ. މާލެ
|
11 ޖެނުއަރީ 2017 | ބުދަ 18:46
ނިއުގެ ޖަޕާން މިޑްފީލްޑަރު އޮގާވާ އާއި އެ ކްލަބުގެ އޮފިޝަލުން
ނިއުގެ ޖަޕާން މިޑްފީލްޑަރު އޮގާވާ އާއި އެ ކްލަބުގެ އޮފިޝަލުން
ގޫގުލް
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބ
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
އޮގާވާ ވަނީ މިޔަންމާގެ ނެޝަނަލް ލީގަށް ކުޅެފައި
އޮގާވާ އަކީ މިޑްފީލްޑަރެއްގެ އިތުރުން ޑިފެންސިވް ކުޅުންތެރިއެއް

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން ޖަޕާންގެ މިޑިފީލްޑަރެއް ކަމަށްވާ ކެއިސުކީ އޮގާވާ އެޓީމަށް ގެނެސްފި އެވެ.

ބުދަ ދުވަހު މެންދުރު މި ކުޅުންތެރިޔާ މާލެ އައުމުން އެކްލަބުގެ އޮފިޝަލުންނާއި ސަޕޯޓަރުންގެ ޓީމަކުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

އުމުރުން 30 އަހަރުގެ އޮގާވާއަކީ މިދިޔަ އަހަރު މިޔަންމާގެ ނެޝަނަލް ލީގު ޗެމްޕިއަން ޔަޑަނަބޮން އަށް ކުޅުނު ކުޅުންތެރިއެކެވެ.

ޑިފެންސް ލައިންގައި ވެސް މޮޅު ކުޅުމެއް ކުޅޭ މި ކުޅުންތެރިޔާ އަކީ ސިންގަޕޫރު ލީގާއި މެލޭޝިޔާ ލީގުގެ އިތުރުން ތައިލެންޑު ލީގުގައި ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މީގެ އިތުރުން އޭނާވަނީ ޔޫރަޕުގެ ދެ ގައުމު ކަމަށްވާ ލެޓްވިއާގެ ފުރަތަމަ ޑިވިޝަނާއި ސާބިއާގެ ދެވަނަ ޑިވިޝަނުގައި ވެސް ކުޅެފަ އެވެ.

ނިއުއަށް އަލަށް އިންތިހާބުވި ބޯޑުން އަންނަނީ އެ ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖެއާއި ބޭރުގެ މޮޅު ކުޅުންތެރިން ހޯދަމުންނެވެ.

އެގޮތުން އެޓީމުން ވަނީ މިހާތަނަށް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިމްރާން މުހައްމަދު (އިންމާ) އާއި އަލީ ފާސިރު (ސެންޓޭ) އާއި އަކްރަމް އަބްދުލް ގަނީ އަދި އަހުމަދު އަބްދުﷲ (ލިލީ) ގެ ސޮއި ވެސް ހޯދާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް