ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 22:55
ރާއްޖޭގެ 75 އިންސައްތަ ރަށަށް އުރީދޫގެ +4G ނެޓްވަރކް ފުޅާކުރުން
ރާއްޖޭގެ 75 އިންސައްތަ ރަށަށް އުރީދޫގެ +4G ނެޓްވަރކް ފުޅާކުރުން
ގޫގުލް
އުރީދޫ
75 ޕަސެންޓް ރަށަށް އުރީދޫގެ G4 ނެޓްވާކް ފުޅާކޮށްފި
ގައުމުގެ %75 އަށް ނެޓްވަރކް ފުޅާކޮށްފި
ފެންވަރު ރަގަޅު އިންޓަނެޓްގެ ސަބަބުން ރައްޔިތުންނަށް ދަނީ ގިނަގުނަ ފައިދާތަކެއް ކުރަމުން
އުރީދޫގެ 4G ސިމްކާޑެއް ލައްވާފައިވާ +4G ފޯނެއް މެދުވެރިކޮށް މި ޚިދުމަތް ލިބޭ

ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް އުރީދޫގެ 4G+ ނެޓްވާރކް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު 100 ރަށަކަށް ޚިދުމަތް ފޯރުކޮށްދިނުމާއި އެކު، ރާއްޖޭގެ އާބާދީގެ 75  ޕަސެންޓަށް އެކުންފުނީގެ 4G+ ނެޓްވާރކް ފުޅާކޮށްފިއެވެ.

މިކަން އުރީދޫއިން އިއުލާންކުރީ، އުރީދޫގެ 4G+ ނެޓްވާރކް ތައާރަފްކޮށްފައިވާ ރަށެއް ކަމަށްވާ، ލ. ފޮނަދޫގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

"މުޅި ރާއްޖެއަށް އުރީދޫ 4G+ ނެޓްވަރކް ފުޅާކޮށް އެކުންފުނީގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް ކުރަމުންދާ ކާމިޔާބު މަސައްކަތަށް، އުރީދޫގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް މަރުޙަބާ ދަންނަވަން. އިންޓަނެޓަކީ ގައުމީ ތަރައްޤީ އަށް ވަރަށްވެސް މުހިންމު ވެފައިވާ ވަސީލަތެއް ކަމަށްވެފައި، އުރީދޫ އިން ހުރިހާ ރައްޔިތުންނަށް ވެސް ކުރިއެރުމުގެ މި ފުރުސަތު ފޯރުކޮށްދިނުމުގެ ގޮތުން ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ޙިދުމަތް މުޅި ގައުމަށް ފުޅާކުރުމަށް ދޭ އަހަމިއްޔަތާއި މެދު އުފާކޮށް، ޝުކުރުއަދާކުރަން." ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވިއެވެ.

 

"ބައިނަލްއަޤްވާމީ މުޖުތަމައު ތަކުގައި، ފެންވަރު ރަގަޅު އިންޓަނެޓްގެ ސަބަބުން ރައްޔިތުންނަށް ދަނީ ގިނަގުނަ ފައިދާތަކެއް ކުރަމުން. މިގޮތުން، މުޅި ދިވެހި ގައުމަށް 4G+ ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، ގައުމުގެ 75 ޕަސެންޓަށް ނެޓްވަރކް ފުޅާކޮށް، ރާއްޖެގެ ހުރިހާ ކަންކޮޅުތަކުގައިވާ ރައްޔިތުންވެސް މިފަދަ ކުރިއެރުމުގެ ފުރުސަތުތަކާއި ގުޅުވާދިނުމުގައި އުރީދޫ އަށް ބައިވެރިވެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ފަޙުރެއް." އުރީދޫގެ ސީ.އީ.އޯ ވިކްރަމް ސިންހާ ވިދާޅުވިއެވެ.

 

މި އަޕްގްރޭޑް އާއިއެކު، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، ޏ، އަދި ސ އަތޮޅުގައި އުރީދޫގެ 4G+ ނެޓްވާރކްގެ ޚިދުމަތް ލިބެމުންދާނެއެވެ. މި ޚިދުމަތް ލިބޭ ހުރިހާ ރަށަކާއި ރިސޯޓްތަކުގެ ލިސްޓެއް، އުރީދޫގެ ވެބްސައިޓްއިން  (ore.do/4Gplus) ލިބެން ހުންނާނެކަމަށް އެކުންފުނިން ބުންޏެވެ.

 

އުރީދޫގެ ކޮންމެ ކަސްޓަމަރަކަށްވެސް، 4G ސިމްކާޑެއް ލައްވާފައިވާ 4G+ ފޯނެއް މެދުވެރިކޮށް، މިޚިދުމަތް ލިބޭ ސަރަހައްދުތަކުން، އިތުރު އަގަކާ ނުލާ، އުރީދޫގެ 4G+ ނެޓްވާރކް ބޭނުންކުރެވޭނެއެވެ. މިހާރު ގެންގުޅުއްވާ ސިމް ކާޑުން 4G+ ކޮމްޕެޓިބަލްތޯ ބެއްލެވުމަށް، ''4G" ޖެއްސެވުމަށް ފަހު، 5353 އަށް އެސްއެމްއެސް ކުރައްވައިގެން ޗެކްކުރެވޭނެއެވެ. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ ތަކުންނާއި، ބިޒްނަސް ޕާރޓްނަރ ޝޮޕްތަކުން ފަސޭހަކަމާއިއެކު 4G ސިމް ކާޑް ލިބިއެވެ.

 

އުރީދޫ އިން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް 4G+ ނެޓްވަރކް ފުޅާ ކުރުމަށް ކުރަމުންދާއިރު، މި މަސައްކަތް ނިމިގެންދާނެ ކަމަށް ލަފާކުރެވެނީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

- ކޮމެންޓް