ކ. މާލެ
|
10 ޖެނުއަރީ 2017 | އަންގާރަ 20:59
މާޒިޔާއަށް އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިޔާ (ވ) އާއި އެޓީމުގެ ކޯޗު (ކ)- ފޮޓޯ: ފޭސްބުކް
މާޒިޔާއަށް އަލަށް ގުޅުނު ބިދޭސީ ކުޅުންތެރިޔާ (ވ) އާއި އެޓީމުގެ ކޯޗު (ކ)- ފޮޓޯ: ފޭސްބުކް
ފޭސްބުކް
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއ
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
ރަކިޗް ވަނީ އަރްމޭނިއާގެ ފުރަތަމަ ޑިވިޝަންގެ ދެ ކްލަބަކަށް ކުޅެފައި

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާސް ޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ ކުލަބަށް ގެންނަން ނިންމާފައިވާ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ފުރަތަމަ ކުޅުންތެރިޔާ ޓީމާ ގުޅިއްޖެ އެވެ.

ސާބިއާއަށް އުފަން ސްޓްރައިކަރު އެލެކްސެންޑާ ރަކިޗް އަކީ ވާތު ފައިން ކުޅޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ހޯމަ ދުވަހު ހަވީރު މާޒިޔާގެ ބިދޭސީ ކޯޗު މަރްޔަން ސެކުލޮސްކީ އަދި އެޓީމުގެ އިސް އޮފިޝަލުންނާއެކު މާފަންނު ސްޓޭޑިއަމްގެ ޓާފް ދަނޑުގައި ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.

ރަކިޗްއަކީ ކުރިން އަރްމޭނިއާގެ ފުރަތަމަ ޑިވިޝަންގެ ދެ ކްލަބް ކަމަށްވާ ގެންޑަޒަސާ ކަޕަން އާއި އަރާރަތު ޔެރަވެން އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން އޭނާ ވަނީ ކުރު މުއްދަތުތަކެއްގައި އޭޝިއާގެ ބައެއް ކްލަބުތައް ކަމަށްވާ ވިއެޓްނާމާއި ބަހްރޭނުގެ ކްލަބުތަކަށް ވެސް ކުޅެފަ އެވެ.

ސާބިއާގެ ސްޓަރައިކަރު މާޒިޔާއާ ގުޅުނު އިރު، އެޓީމަށް ގެނައުމަށް ހަމަޖެހިފައިވާ ކިރިގިސްތާން ގޯލު ކީޕަރު އަންގާރަ ދުވަހު ރާއްޖެ އަންނާނެ އެވެ.

ކިރިގިސްތާން ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރު ޕަވެލް މެޓްޔަޝް އަކީ 2015 ވަނަ އަހަރުވެސް މާޒިޔާ އަށް ކުޅުނު ކުޅުންތެރިޔެކެވެ. އެގޮތުން އޭނާ ވަނީ މާޒިޔާ އަށް ކުޅުނު އެއް އަހަރު ތެރޭގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ޕަވެލް މާޒިޔާ ދޫކޮށްލުމަށްފަހު މިދިޔަ އަހަރު ގުޅުނީ މެލޭޝިއަން ޕްރިމިއާ ލީގުގެ އުޓިމް އެފްސީއާ އެވެ. ކިރިގިސްތާން ގައުމީ ޓީމަށް 23 މެޗު ކުޅެދީފައިވާ ޕަވެލް ވަނީ އެޓީމާއެކު މިދިޔަ ސީޒަނުގައި 13 މެޗު ކުޅެފަ އެވެ.

މާޒިޔާއިން މިއަހަރުގެ ސީޒަނަށް ތައްޔާރުވަމުން އަންނަ އިރު، މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިން ވަނީ މިއަހަރު އެހެން ކްލަބުތަކަށް ބަދަލުވެފަ އެވެ. އޭގެ ތެރޭގައި އެއް ނަމްބަރު ގޯލް ކީޕަރު އިމްރާން މުހައްމަދު (އިންމަ) އާއި އަލީ އަޝްފާގު (ދަގަނޑޭ) ގެ އިތުރުން އިސްމާއިލް އީސަ (މެސީ) އަދި އިތުބާރު ފޯވަޑް އަހުމަދު ނާޝިދު (ނައްޓޭ) ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް