ސެލީނާ ގޯމެޒް ޖަސްޓިން ބީބާ ދޫކޮށްލުމަށް ފަހު ދެފައިމައްޗަށް ތެދުވެ ހަޔާތައިގެން ކުރިޔަށް ދިޔުމަށް މިސްރާބު ޖަހައިފިއެވެ.
ލޯބީގެ ގޮތުން ޖަސްޓިން ބީބާއާއެކު ގުޅިގެން އުޅުމަށް ފަހު މިއީ ވަކިވި ދެވަނަ ފަހަރެވެ. ދެމީހުން ވަކިވެއްޖެކަން ވަރަށް ގިނަ މީހުން ވަނީ 'އީނިއުސް'އަށް ކަށަވަރު ކޮށްދީފައެވެ. ސެލީނާ ވަނީ ހަމަޖެހިލައިގެން ހިނިތުންވަމުން ކުރިމަގު އުޖާލާ ކުރުމަށް މިސްރާބް ޖަހައިފައެވެ. އަދި ސެލީނާ ޖަސްޓިންއާއެކު ތިން ވަނަ ފަހަރަށް ލޯބީގެ ގުޅުމެއް ނުބާއްވާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ.
އިންސައިޑާ ނޫހުން ބުނާގޮތުގައި ސެލީނާ ޖަސްޓިން ބީބާއަށް އިހްތިރާމް ކުރެއެވެ. ހަމައެހެންމެ ލަވަކިޔުންތެރިޔާ މިހާރު އުޅެނީ މާ އުފާވެރިކޮށް ކަމަށާއި އޭނާގެ އެކުވެރިންކައިރީގަ ވެސް ޖަސްޓިންގެ ވާހަކަ ދައްކަނީ ވަރަށް މަދުން ކަމަށެވެ. އެއާއެކު ސެލީނާވަނީ ޑޭޓް ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތު ހުޅުވާލައިފައެވެ.
ދެމީހުންގެ ވަރަށް ގާތް މީހަކު ބުނި ގޮތުގައި ސެލީނާއާއި ޖަސްޓިން މިހާރު އެއްވެސް ވަރަކަށް ވާހަކަ ދައްކައެއް ނޫޅެއެވެ. ދެމީހުންގެ މެދުގައި މައްސަތައް ޖެހެން ފަށައިފައިވަނީ މިދިޔަ މާރޗް މަހުއެވެ. މައްސަލަޖެހެން ފަށައިފައިވަނީ ޖަސްޓިން މަޝްހޫރު އަންހެން ކުއްޖަކާއި ރައްޓެހިކަމުގެ ގުޅުން ބަދަހިކޮށް އޭނާ އާއެކު ގިނަ ވަގުތު ހޭދަކުރަން ފެށުމުން ކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
"ސެލީނާ ތަފާތު ދިމާލަކަށް ދާން މިސްރާބު ޖަހައިފައި ހުރީ" އެހެން ރައްޓެއްސަކު މައުލޫމާތުދިނެވެ. މަޝްހޫރު 'ވުލްވްސް' ލަވަ ކިޔާފައިވާ ސެލީނާ ވަނީ ޖަސްޓިންއާއި ދެވަނަ ފަހަރަށް ރައްޓެހި ވުމުގެ ކުރިން 'ވީކެންޑް'އާއި އެކު އެއް އަހަރު ހޭދަކޮށްފައެވެ.
ސެލީނާގެ ކުރިއަށް ދާން ބޭނުންވާ ދާއިރާއިން ދަނީ ވަރަށް ހަލުވި ކަމާއެކު ކުރި އަރަމުންނެވެ. ހޯމަ ދުވަހު 'މަޓް ގަލަ'އަށް ވެސް ދިޔަ ލަވަކިއުންތެރިޔާ ވަނީ އޭނާގެ ތިން ވަނަ އަލްބަމް ނެރެން ތައްޔާރުވެފައެވެ.