ނުވަ އަހަރު ފަހުން ޔަރްރާޖް ފިލްމަކުން ފުރަތަމަ ފަހަރަށް ރަންބީރު ކަޕޫރު ފެނިގެންދާނީ މިހާރު ޝޫޓް ކުރަން ތައްޔާރުވަމުންދާ ފިލްމު ޝަމްޝޭރާއިންނެވެ.
ޝަމްޝޭރާއިން ރަންބީރު ލީޑު ރޯލުން ފެނިގެންދާއިރު މި ފިލްމުގައި އޭނާ ފެނިގެންދާނީ ފޭރޭ މީހެއްގެ ރޯލުންނެވެ.
ޔަޝްރާޖް ފިލްމްސްއިން މިފިލްމު ރަންބީރާއެކު ހަދާނެކަމަށް އިއުލާންކޮށްފައިވާއިރު އޭނާ ވެސް ވަނީ މި ފިލްމު ކުޅެންލިބުމުން އޭނާ ހުރީ އުފަލުން ކަމަށް ބުނެފައެވެ. މި ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ރަންބީރު ބުނެފައިވަނީ މި ފިލްމަކީ އޭނާ އަބަދުވެސް ބޭނުންވާ ކަހަލަ ފިލްމެއް ކަމަށާއި އޭނާ ދެކެމުން އައި ގިނަ ހުވަފެންތައް މި ފިލްމުން ހާސިލްވާނެ ކަމަށް އުއްމީދު ކުރާކަމަށެވެ. މި ފިލްމަކީ އޭނާގެ ހުނަރު އިތުރަށް ދައްކުވައިދޭން ކަރަން މަލްހޯތުރާ ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތްތައް ކަމަށް ރަންބީރު ކަޕޫރު ވަނީ ބުނެފައެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ކަރަން މަލްހޯތުރާއެވެ.
މިފިލްމު ރަންބީރާއި އެކު ފަށާނެކަމަށް އިއުލާންކޮށް ޔަޝް ރާޖް ފިލްމްސްއިން ކޮށްފައިވާ ޓްވީޓުގައި ވަނީ ފިލްމުގެ ތީޒާ ދައްކާލާފައެވެ. 45 ސިކުންތުގެ ޓީޒާގައި ރަންބީރުގެ ޚާއްސަ ފެނިލުމެއް ވަނީ ދައްކާލާފައެވެ.
ފިލްމުގެ ޝޫޓިން މިއަހަރު ފަހުކޮޅު ފަށާއިރު ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދުތެރޭގައެވެ.
ރަންބީރު ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަންޖޭ ދަތުގެ ބައޮޕިކް ފިލްމު ސަންޖޫއިންނެވެ. އެފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 29 ގައެވެ.