އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީގެ އަންހެން ދަރިފުޅު އިޝާ އަމްބާނީއާއި އަނަންދް ޕިރަމަލް އެންގޭޖް ވެއްޖެއެވެ.
އިޝާ އާއި އަނަންދު އެންގޭޖްވެފައިވާ ކަމަށް އަޑުތައް ފެތުރިފައި މިވަނީ އޭނާއާއި އެއްމާބަނޑު ކޮއްކޮ އާކާޝް އަމްބާނީ އާއި އިންޑިއާގެ އެންމެ ބޮޑު ޑައިމަންޑު ކުންފުނި ކަމަށްވާ ރޯޒީ ބްލޫގެ ޗެއާމަން ރުސެލް މެހެތާގެ އަންހެން ދަރި ޝްލޯކާ މެހެތާ އެންގޭޖްވި ވާހަކައާއި ގުޅިގެންނެވެ.
އިޝާ އަމްބާނީ އާއި އާނަންދް އެންގޭޖްވެފައިވަނީ އިންޑިއާގެ ސިޓީއެއްކަމަށްވާ މަހަބަލޭޝްވަރުގައި ކަމަށާއި އެ ހަފްލާއަށް ދެފަރާތުގެ އާއިލާ ހާޒިރުވެފައިވާކަމަށްވެސް އިންޑިއާގެ ނޫސްތަކުގައިވެއެވެ. އެދެމީހުންނަކީ ކުޑައިރުއްސުރެ ރައްޓެހިކަމުގައި އުޅުނު ދެ މީހުންކަމަށާއި ދެފަރާތުގެ އާއިލާއަކީވެސް ރައްޓެހި ދެ އާއިލާކަމަށްވެސް ނޫސްތަކުން ވަނީ ބުނެފައެވެ.
އަނަންދަކީ އިންޑިއާގައި ކުރިއަރަމުން އަންނަ ކުންފުނި ޕިރަމަލް ރިއަލްޓީގެ އެގްޒެކެޓިވް ޑައިރެކްޓަރެވެ.
މިދެމީހުން މިއަހަރުގެ ޑިސެމްބަރުގައި ކައިވެނިކުރާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.