ކ. މާލެ
|
7 މެއި 2018 | ހޯމަ 11:30
އަރުޖުން ހިންގްރޯއި އަދި ދަރްމެންދްރާ
އަރުޖުން ހިންގްރޯއި އަދި ދަރްމެންދްރާ
ޓްވިޓަރ
އަރުޖުން ހިންގްރޯއި
ޑައިރެކްޓަރ އަރުޖުން ހިންގްރޯއި މަރުވެއްޖެ
 
އޭނާ މަރުވެފައިވަނީ އިއްޔެ

މަޝްހޫރު ވެރެތަން ޑައިރެކްޓަރ އަރުޖުން ހިންގްރޯއި މަރުވެއްޖެއެވެ.

އަރުޖުން މަރުވެފައިވަނީ 92 އަހަރުގައި އާދީއްތަ ދުވަހުގައެވެ. އޭނާ މަރުވި ސަބަބު އާއިލާއިން އަދި ހާމަކޮށްފައި ނުވާއިރު އޭނާ މަރުވެފައިވަނީ އިންޑިއާގެ އުއްތަރ ޕްރަދޭޝްގައެވެ.

އަރުޖުން ހިންގްރޯއި ވަނީ ބޮލީވުޑްގެ ތަރި ދަރްމެންދްރާ ބޮލީވުޑަށް ނެރެދީފައެވެ. އެއީ 1960 ވަނަ އަހަރުގައި ނުކުތް ހިންދީ ފިލްމު ދިލް ބީ ތެރާހަމް ބީ އިންނެވެ. އޭނާގެ މަރާއި ގުޅިގެން ދަރްމެންދްރާ ވަނީ ސޯޝަލް މީޑިއާއަށް އޭނާއާއެކު ނަގާފައިވާ ފޮޓޯއެއްލާފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި އަބަދަށް އޭނާ ވަކިވެގެން ދިއުމަކީ ލިބުނު ހިތާމައެއްކަމަށް ދަރްމެންދްރަ ވަނީ ބުނެފައެވެ.

ވެރެތަންގެ ފިލްމުތަކުގެ އިތުރުން އޭނާ ވަނީ ހިންދީ ފިލްމުތައް ވެސް ޑައިރެކްޓް ކޮށްފައެވެ. އޭނާ ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ކަބް ކިޔޫން އޯރު ކަހާން(1970)، ކަހާނީ ކިސްމަތު ކީ(1973)، ސުލްތާނަތު(1983) އަދި ކޯން ކަރޭ ކުރްބާނީ(1991) ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް