ކ. މާލެ
|
7 މެއި 2018 | ހޯމަ 08:58
އަމީތާބް ބައްޗަން
އަމީތާބް ބައްޗަން
ގޫގުލް
102 ނޮޓް އައުޓް
102 ނޮޓް އައުޓް: އަމީތާބް ބޭނުންވަނީ ކިތަންމެ ދުވަހެއް ވިއަސް އެކްޓުކުރަން
 
މި ފިލްމު ސިނަމާތަކަށް އައިސްފައިވަނީ މިމަހުގެ 4 ގައި

އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "102 ނޮޓް އައުޓް" ސިނަމާތަކަށް އައިސްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގައެވެ.

ހަތާވީސް އަހަރު ފަހުން އަމީތާއި ރިޝީ އެކުގައި ކުޅެފައިވާ މި ފިލްމު ސިނަމާތަކަށް އައިތާ ތިން ދުވަސްވެފައި ވާއިރު، މިހާތަނަށް 11 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައިވެ އެވެ. 

މި ފިލްމުގައި އުމުރުން 75 އަހަރުގެ އަމީތާބު ފެނިގެންދާނީ 102 އަހަރުގެ ބައްޕައެއްގެ ރޯލުންނެވެ. އެއީ އުމުރުން 65 އަހަރުގެ ރިޝީ ކަޕޫރުގެ ބައްޕަގެ ރޯލެވެ. ފިލްމުގައި ރިޝީގެ އުމުރަކީ 75 އަހަރެވެ. 

ރިޝީގެ ބައްޕަގެ ރޯލުން އަމީތާބު ފެނިގެންދާއިރު، އެއީ ކުރެވުނު ތަފާތު ތަޖުރިބާއެއް ކަމަށް އަމީތާބު ބުންޏެވެ.

ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، ސަތޭކަ ދެ އަހަރު ވަންދެން ދުނިޔޭގައި ހުރެއްޖެ ނަމަ ފިލްމު ކުޅޭނެތޯ އަމީތާބާ ކުރެވުނު ސުވާލަށް އޭނާ ބުނީ ރަނގަޅު ސިއްހަތެއްގައި ހުރެއްޖެނަމަ ފިލްމު ކުޅޭނެ ކަމަށެވެ. ރިޝީ ކުރި ޓްވިޓެއްގައި ބުނީ އެހާ ގިނަ ދުވަސްތަކެއް ފަހުން އަމީތާބާއެކު ފިލްމެއް ކުޅެން ލިބުމަކީ ވަރަށް ހިތްހަމަޖެހި އުފާވާކަމެއް ކަމަށެވެ. އެންމެ ފަހުން މި ދެތަރިން ފިލްމެއް ކުޅެފައި ވަނީ 1991 އެވެ. 

އަމީތާބާއި ރިޝީ ވަނީ 'ނަސީބް'، 'ކަބީ ކަބީ' އަދި 'އަމަރް އަކްބަރް އެންތަނީ' ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. ދެ ފަންނާނުން އެކުގައި އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 1991 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'އަޖޫބާ' އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް