ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 15:34
ޔަމީ ގޯތަމް
ޔަމީ ގޯތަމް
އިންޑިއާ ޓައިމްސް
ގޯއާ ފިލްމް ފެސްޓިވަލް
ގޯއާ ފިލްމް ފެސްޓިވަލްގެ ޗީފް ގެސްޓްއަކަށް ޔަމީ ގޯތަމް
 
ޔަމީ ގޯތަމް ދަނީ މި ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތަށް
 
އިވެންޓް އޮތީ ގޯއާގެ ޕަންޖިމްގައި

ފިލްމް ކާބިލް އިން ބޯލީވުޑްއަށް ތަޢާރަފް ވެގެން ދިޔަ ތަރި ޔަމީ ގޯތަމް، ގޯއާ ފިލްމް ފެސްޓިވަލްގެ ޗީފް ގެސްޓައަކަށް ހަމަޖެހިއްޖެއެވެ.

ހަތަރު ދުވަހުގެ މި އިވެންޓް އޮތީ ގޯއާގެ ޕަންޖިމްގައެވެ. މި ފެސްޓިވަލްގައި ފީޗަރ ފިލްމްތައް އެޅުވުމާއި މިއުޒިކް ޝޯތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 

ޔަމީ ގޯތަމް ބުނީ ގޯއާގެ ފިލްމް ފެސްޓިވަލްގައި ޗީފް ގެސްޓްއަކަށް ވުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި މި ފެސްޓިވަލްގައި އޭނާ ޗީފް ގެސްޓްއެއްގެ ގޮތުގައި ބައިވެރި ވަނީ ގޯއާގެ ފިލްމް އުފެއްދުންތެރިންނާ އެކުގައެވެ.

ބޮލީވުޑްގައި ޔަމީ ގޯތަމް މިހާރު ކުރަމުންދާ މަސައްކަތަކީ ވިޝާލް ބަރްދްވާޖްގެ "ބައްޓީ ގުލް މީޓަރ" ގެ ޝޫޓިންނެވެ. މި ފިލްމުގައި ޝާހިދް ކަޕޫރް އަދި ޝްރައްދާ ކަޕޫރް ވެސް ހަރަކާތްތެރިވާނެއެވެ. މީގެ އިތުރުން އިންޑިއާ ސިފައިންގެ ސާޖިކަލް ސްޓްރައިކް އާ ގުޅުންހުރި ފިލްމަކަށް ޔަމީ ދަނީ ތައްޔާރު ވަމުންނެވެ. މި ފިލްމުގައި އިންޓެލިޖެންސް އިފިސަރެއްގެ ރޯލް ޔަމީ އަދާކުރާއިރު ލީޑް އެކްޓަރެއްގެ ގޮތުގައި ވިޝާލް ކޯޝަލް ވެސް ހަރަކާތްތެރިވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް