ކ. މާލެ
|
5 މެއި 2018 | ހޮނިހިރު 14:48
ވިން ޑީސަލް
ވިން ޑީސަލް
އިންޑިއާ ޓައިމްސް
ފާސްޓް އެންޑް ފިއުރިއަސް
ފާސްޓް އެންޑް ފިއުރިއަސް ގެ ދެން ނިކުންނަ ބައި މާބޮޑުވާނެ: ވިން ޑީސަލް
 
ފިލްމް ރިލީޒް ކުރާނީ 2020 ވަނަ އަހަރު
 
މިފަހަރުގެ ބައި ކުޅޭނީ އެފްރިކާގައި
 
ފިލްމުގެ ދެން ނިކުންނަ ބައި ޑައިރެކްޓް ކުރުމަށް ޖަސްޓިން ލިން

"ފާސްޓް އެންޑް ފިއުރިއަސް" ގެ ދެން ނިކުންނަ ބައި މާބޮޑުވާނެ ކަމަށް ވިން ޑިސަލް ބުނެފިއެވެ.

ވިން ޑީސަލް ބުނީ އެ ފިލްމުގެ ދެން ނިކުންނަ ބައި ޑައިރެކްޓް ކުރުމަށް ޖަސްޓިން ލިން އަލުން ނިކުންނާނެ ކަމަށެވެ. އަދި ޖަސްޓިން ލިން ވަނީ މި ފިލްމް ޑައިރކެޓް ކުރުމަށް ވަރަށް ޝައުގުވެރިވެފައި ކަމަށް ވެސް ވިން ޑީސަލް ބުންޏެވެ. ޖަސްޓިން ޑައިރެކްޓް ކުރާނީ މި ފިލްމުގެ ނުވަވަނަ ބަޔާއި ދިހަވަނަ ބައެވެ.

މި ފިލްމުގެ ކުރީގެ ބައިތައް ވަނީ އެކި ހިސާބުތަކުގައި ކުޅެއެވެ. އެގޮތުން ބްރެޒިލް، ޔޫކޭ، ސްޕެއިން، ޖަޕާން، މެކްސިކޯ އަދި ޔޫއޭއީގައި ވަނީ މި ފިލްމުގެ އެކި ބައިތަކުގެ ޝޫޓިން ކޮށްފައެވެ. ވިން ޑީސަލް ބުނީ ފިލްމުގެ މިފަހަރުގެ ބައި ކުޅޭނީ އެފްރިކާގައި ކަމަށާއި، ފިލްމުގެ ޝޫޓިންގް ގިނަ ދުވަސްތަކަކަށް ދެމިގެން ދާނެ ކަމަށެވެ. ފިލްމް ރިލީޒް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ތާރީހަކީ 2020 ވަނަ އަހަރު އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. މި ފިލްމުގެ ކޯ ކާސްޓުންގެ ގޮތުގައި ހަރަކާތްތެރި ވާނީ  މިޝެލް ރޮޑްރިގްސް، ޓައިރީސް ޖިބްސަން، ކްރިސް 'ލުޑަކްރިސް' ބްރިޖް، ނަތާލީ އެމަނުއެލް، ޖޭސަން ސްޓެތަމް އަދި ވޭން ޖޯންސަން އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް