ކ. މާލެ
|
4 މެއި 2018 | ހުކުރު 09:24
ކޮޕީ އިސްމާއިލް ރަޝީދު
ކޮޕީ އިސްމާއިލް ރަޝީދު
ރާއްޖެއެމްވީ
ރޯދަމަހުގެ ޑްރާމާ ސީރީޒް
"ކީކޭ ދެން ބުނާނީ" ގެ ޝޫޓިން އަށް ފުރައިފި
 
ބެލުންތެރިންނަށް ރޯދަމަހު ވަރަށް ކަމުދާނެ ސީރިޒްއަކަށް ވާނެ
 
ޝޫޓިންގް ކުރިއަށް ގެންާނީ ކާށިދޫގައި

ރާއްޖެ ޓީވީން ރޯދަ މަހު ގެނެސްދިނުމަށް ހަމަޖެހިފައިވާ ހާއްސަ ޑްރާމާ ސީރީޒް، "ކީކޭ ދެން ބުނާނީ" ގެ ޝޫޓިންއަށް ޑްރާމާގެ ކްރޫ ކާށިދުއަށް ފުރައިފިއެވެ.

ރާއްޖެ ޓީވީ އާއި މަޝްހޫރު ފިލްމީ ތަރި ކޮޕީ އިސްމާއިލް ރަޝީދުގެ އިންޑިޕެންޑެންޓް ޒޯން އިން އުފައްދާ މި ޑްރާމާއަކީ ރަށެއްގައި އުޅޭ ބާރުގަދަ، ނުފޫޒު ވަރުގަދަ މީހެއްގެ ދޯހަޅި ނިންމުންތައް ދައްކުވައިދޭ ޑްރާމާއެކެވެ. މި ޑްރާމާގެ ލީޑް ރޯލުން ފެނިގެންދާނީ ކޮޕީ އިއްސެ އެވެ.

އިއްސެ ބުނި ގޮތުގައި ފަސް އެޕިސޯޑްގެ މި ޑްރާމާ ސީރީޒްގެ ހުރިހާ ޝޫޓިންއެއް 10 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ އެވެ. މި މަސައްކަތަށް ކާށިދޫ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ. 

މި ޑްރާމާ ސީރީޒް އަކީ ބެލުންތެރިންނަށް ރޯދަމަހު ވަރަށް ކަމުދާނެ ސީރިޒްއަކަށް ވާނެކަމަށްވެސް ކޮޕީ އިއްސެ ބުންޏެވެ.

"މި ފުރުސަތު އަޅުގަނޑުމެންނަށް ރާއްޖެޓީވީން ދެއްވިކަމަށްޓަކައި ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން. މީގެން އެނގެނީ އަޅުގަނޑުމެންގެ މަސައްކަތް ބަލައިގަންނަކަން" އޭނާ ވިދާޅުވި އެވެ. 

މި ޑްރާމާ ސީރީޒް ސްޕޮންސަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް