ކ. މާލެ
|
4 މެއި 2018 | ހުކުރު 09:32
ސޯނަމް އާއި އަނަންދު
ސޯނަމް އާއި އަނަންދު
ޓައިމްސް އޮފް އިންޑިއާ
ސޯނަމްކަޕޫރު ކައިވެނި
ބޮލީވުޑްތަރި ސޯނާމް ކަޕޫރް ކައިވެނީގެ ދައުވަތު ކާޑުތައް ބަހައިފި
 
ވަރަށް ޚާއްސަ ހަދިޔާއެއް ފިރިމީހާއަށް ދޭނަން

މަޝްހޫރު ބޮލީވުޑް ތަރި ސޯނާމް ކަޕޫރުގެ ކައިވެނީގެ ދައުވަތު ކާޑުތައް ބަހައިފިއެވެ.

ސޯނާމް ކަޕޫރު އާއި އާނަންދް އަހޫޖާ ކައިވެނި ކުރަން ހަމަޖެހިފައި ވަނީ މެއި 8 ގަ އެވެ. ރިޕޯޓަތައް ބުނާ ގޮތުން މި ކައިވެނީގެ ހަފުލާއަށް ބޮލީވުޑްގެ ގިނަ ތަރިންތަކަކަށް ވަނީ ދައުވަތު އަރުވައިފަ އެވެ. 

ސޯނާމް ކަޕޫރު އާއި އާނަންދް އަހޫޖާ ރައްޓެހި ވެގެން އުޅޭތާ ގިނަ ދުވަސް ވީފަހުން ކުރާ ކައިވެނީގެ ސަބަބުން އެކުގައި ވޭތު ކުރާ ހަޔާތް ވަރަށް ފުރިހަމަ ވެގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އިންޑިއާގެ ސަގާފަތާއި ގުޅޭ ގޮތަށް ބޭއްވުމަށް ހަމަޖެހިފައިވާ ކައިވެނި ހަފުލާ އޮންނާނީ ފަސްތަރީގެ ހޮޓަލެއްގައެވެ. 

މީގެ އަހަރުތަކެއް ކުރިން ސޯނާމް ކައިރީގައި ކައިވެނީގެ ދުވަހު ފިރިމީހާއަށް ހަދިޔާއަކަށް ދޭނީ ކޯއްޗެއްތޯ އެހުމުން ޖަވާބުގައި ބުނެފައިވަނީ އޭނައަކީ މަދު މަދުން ޅެން ހަދާ މީހެއްކަމަށާއި އުމުރުން 16 ވަނަ އަހަރުގައި ވަރަށް ޚާއްސަ ޅެމެއް ހެދުނު ކަމަށެވެ. އަދި ކައިވެނި ކުރާ ދުވަހު އެޅެން އޭނަގެ ބައިވެރިޔާއަށް ހަދިޔާ ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ. އެޅެމުގެ ނަމަކީ އެމްބިޝަންއެވެ.

ސޯނާމް ކަޕޫރުގެ ބައިވެރިޔާ އަހޫޖާއަކީ ހެދުން ވިއްކާ ނަން މަޝްހޫރު ބްރޭންޑެއްގެ ވެރިފަރާތެވެ. އޭނަގެ ކާފައަކީ އިންޑިއާގެ އެންމެ ބޮޑު 'އެކްސްޕޯޓް ހައުސް' ގެ ވެރިޔާއެވެ. އަހޫޖާގެ އާއިލާ ދިރިއުޅެނީ  ގާތްގަނޑަކަށް 26 މިލިއަން ޑޮލަރުގެ އަގު ބޮޑު ގެއެއްގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް