ކ. މާލެ
|
3 މެއި 2018 | ބުރާސްފަތި 10:38
އެވެންޖަރސް: އިންފިނިޓީ ވޯގެ ޕޯސްޓަރ
އެވެންޖަރސް: އިންފިނިޓީ ވޯގެ ޕޯސްޓަރ
ގޫގުލް
އެވެންޖަރސް: އިންފިނިޓީ ވޯ
އެވެންޖަރސް: އިންފިނިޓީ ވޯއަށް މިހާތަނަށް 808 މިލިއަން ޑޮލަރު ލިބިއްޖެ، ގިނަ ބޮކްސް އޮފީސް ރިކޯޑްތައް މުގުރާލާނެ ކަމަށް ބެލެވޭ
 
އިންފިނިޓީ ވޯގައި ހޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިން ހިމެނޭ
 
މި ފިލްމް ދަނީ ގިނަ ބޮކްސް އޮފީސް ރިކޯޑްތައް ބްރޭކް ކުރަމުން
 
އެވެންޖަރސް: އިންފިނިޓީ ވޯ' ރިލީޒްކޮށްފައިވަނީ އޭޕްރިލް ފަހު ކޮޅު- ޗައިނާ އަދި ރަޝިއާގައި ރިލީޒް ކުރާނީ މޭ 11 ގައި

މާވެލްގެ 'އެވެންޖަރސް: އިންފިނިޓީ ވޯ'އަށް ހަތް ދުވަސް ތެރޭގައި 808.4 މިލިއަން ޑޮލަރު ލިބިއްޖެއެވެ.

ފިލްމަށް އުތުރު އެމެރިކާއިން 305.9 މިލިއަން ޑޮލަރު ހަތް ދުވަސް ތެރޭ ލިބިފައިވާއިރު، 'އިންފިނިޓީ ވޯ' ވެގެންދިޔައީ މިހާތަނަށް އެންމެ އަވަހަށް 300 މިލިއަން މާކް ހަމަ ކުރި ދެ ފިލްމް ތެރެއިން އެއް ފިލްމަށެވެ. ފުރަތަމަ ހަފްތާ ބަންދުގައި އެމެރިކާއިން 258 މިލިއަން ޑޮލަރު ފިލްމަށް ލިބިފައިވާ އިރު، މިއީ ފުރަތަމަ ހަފްތާ ބަންދުގައި ފިލްމަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. މިއީ 'ސްޓާ ވޯޒް: ދަ ފޯސް އެވޭކަންސް' އިން ހެދި ރިކޯޑަށް ވުރެ 10 މިލިއަން ޑޮަލަރަށް ވުރެ އިތުރު އަދަދެކެވެ.

އަދި، މުޅި ދުނިޔެއަށް ބަލާއިރު، 'އިންފިނިޓީ ވޯ' ފުރަތަމަ ހަފްތާ ބަންދުގައި 641 މިލިއަން ޑޮލަރު ހޯދާފައިވެއެވެ. މީގެ ކުރިން އެ ރިކޯޑް ހިފެހެއްޓީ 541 މިލިއަން ޑޮލަރާއެކު 'ދަ ފޭޓް އޮފް ދަ ފިއުރިއަސް'އެވެ. 'އިންފިނިޓީ ވޯ'އަށް މިހާތަނަށް ލިބުނު އަދަދުގައި ޗައިނާއާއި ރަޝިއާ ނުހިމެނެއެވެ. އެ ދެތަނުގައި ފިލްމް އަޅުވާނީ މޭ މަހުގެ 11 ވަނަ ދުވަހެވެ.

މާވެލްއިން 2008އިން ފަށައިގެން 19 ފިލްމް މިހާތަަނަށް ނެރެފައިވާ އިރު، އެންމެ ބޮޑު ކާމިޔާބީއެއް ލިބުނީ، މި އަހަރު ފެބްރުއަރީގައި ރިލީޒް ކުރި 'ބްލެކް ޕެންތަރ'ގެ 1.3 ބިލިއަން ޑޮލަރުގެ ރިކޯޑް 'އިންފިނިޓީ ވޯ'އިން މުގުރާލާނެ ކަމަށް ބެލެވެއެވެ. 'ބްލެކް ޕެންތަރ'އަށް 500 މިލިއަން ޑޮލަރަށް އެރުނީ ރިލީޒް ކުރިތާ ހަފްތާއެއް ފަހުންނެވެ.

މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސުޕަރ-ހީރޯ ފިލްމަކަށް 'ބްލެކް ފެންތަރ' ވެފައިވާއިރު، އެ ރިކޯޑްވެސް 'އިންފިނިޓީ ވޯ' އިން މުގުރާލާނެ ކަމަށް ބެލެވެއެވެ. އަދި މިހާތަނަށް އެންމެ ބޮޑު އާމްދަނީ ހޯދާފައިވާ 'އެވެޓަރ'ގެ 2.8 ބިލިއަން ރިކޯޑްވެސް މުގުރާލާނެ ކަމަށް ބެލެވެއެވެ.

މާވެލްގެ ފިލްމްތަކަކީ ކޮމިކަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމްތަކަށްވާ އިރު، އޭގެ ވާދަވެރިޔާ ޑީސީގެ 'ޖަސްޓިސް ލީގް'އަށް މުޅިއެކު ލިބިފައިވަނީ 659 މިލިއަން ޑޮލަރެވެ.

މާވެލްގެ ފިލްމްތައް މިހާރު ޑިޒްނީން ޕްރޮޑީޑިއުސް ކުރާއިރު، މިއީ ޑިޒްނީން ޕްރޮޑިއުސް ކުރި ފުރަތަމަ 'އެވެސްޖަރސް' ފިލްމެވެ. އަދި ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީ ހޯދާފައިވާ 10 ފިލްމްގެ ތެރެއިން ނުވަ ފިލްމަކީ ޑިޒްނީގެ ޕްރޮޑަކްޝަންތަކެވެ.

އިންފިނިޓީ ވޯ އިން ހޮލީީވުޑްގައި ބޮޑެތި ގިނަ ތަރިންތަކެއް ފެނިގެންދެއެވެ. 50އަށް ވުރެ ގިނަ ތަރިން ފެނިގެންދާ އިރު އޭގެ ތެރޭގައި، އަޔަންމޭންގެ ރޯލް ކުޅޭ ރޮބަޓް ޑައުނީ ޖޫނިއަރ، ތޯރގެ ރޯލް ކުޅޭ ކްރިސް ހެމްސްވަރތު، ހަލްކްގެ ރޯލް ކުޅޭ މާކް ރަފަލޯ، ބަލެކް ވިޑޯގެ ރޯލުން ފެންނަ ސްކާލެޓް ޖޮހާންސަން، ބްލެކް ޕެންތާގެ ރޯލް ކުޅޭ ޗެޑްވޮކް ބޮސްމަން، ލޯކީގެ ރޯލުން ފެންނަ ޓޮމް ހިޑްލްސްޓަން، ހަލްކްގެ ރޯލް ކުޅޭ މާކް ރަފަލޯ ފަދަ ބޮޑެތި ތަރިން ހިމެނެއެވެ. އެވެންޖަރސްއަކީ މާވެލްގެ ހުރިހާ ސުޕަރ-ހީރޯގެ ޓީމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
100%
0%
ކޮމެންޓް