ކ. މާލެ
|
2 މެއި 2018 | ބުދަ 11:32
ރާޒީގެ ޕޯސްޓަރ
ރާޒީގެ ޕޯސްޓަރ
ޓްވިޓަރ
ރާޒީ
ރާޒީއިން ފެނިގެންދާނީ އާ އާލިއާއެއް: ޑައިރެކްޓަރ
 
ރާޒީ އަޅުވާނީ މިމަހުގެ 11 ގައި

މިމަހުގެ 11 ގައި ރިލީޒްކުރާ ފިލްމު ރާޒީގައި އާލިއާ ބަޓް ފެނިގެންދާނީ އާ އާލިއާއެއްގެ ގޮތަށްކަމަށް ފިލްމުގެ ޑައިރެކްޓަރ މެގްނާ ގުލްޒާރު ބުނެފިއެވެ.

ފިލްމުގެ ޕްރޮމޯޝަންސްތައް މިހާރު ކުރިއަށްދާއިރު ފިލްމާއި ގުޅޭގޮތުން މެގްނާ ބުނީ މިފިލްމުގައި އާލިއާގެ އެކްޓިން މޮޅުކަމަށާއި އޭނާ މި ފިލްމުގައި ދައްކުވައިދީފައިވާ ހުނަރަށް އެންމެން ހައިރާން ކޮށްލާނެކަމަށެވެ.

އާލިއާއެކު ބަތަލެއްގެ ގޮތުން ރާޒީގައި ފެނިގެން ދާނީ ވިކީ ކޯޝަލް އެވެ.

ރާޒީ ބިނާކޮށްފައި ވަނީ އިންޑިއާގެ ލިޔުންތެރިޔާ ހަރިންދްރަ އެސް. ސިންގް 2008 ގައި ނެރުނު ވާހަކަ ކޯލިން ސެހެމަތު އަށެވެ. ޓްރެއިލާ މިހާރު އާންމު ކޮށްފައިވާއިރު ޓްރެއިލާ އިން އާލިއާގެ ބައްޕަގެ އެދުމަށް ޖާސޫސުކުރުމަށް އޭނާ ވިކީ ކޯޝަލްއާ ކައިވެނި ކުރެއެވެ. އޭނާއަކީ ޕާކިސްތާނުގެ މިލިޓަރީ އޮފިސަރެކެވެ. އާލިޔާ ފެނިގެންދަނީ ޕާކިސްތާނުގެ ސިފައިންގެ މީހަކާ ކައިވެނިކޮށްގެން އުޅޭ ކަޝްމީރުގެ އަންހެނެއްގެ ރޯލެވެ. އާލިއާއަކީ އިންޑިއާގެ ޖާސޫސީ އިދާރާގެ ޖާސޫސެކެވެ. މި ފިލްމަކީ 1970ގެ އަހަރުތަކުގެ ތެރޭގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އާލިއާގެ މަންމަގެ ރޯލު މި ފިލްމުން ފެނިގެންދަނީ އޭނާގެ އަސްލު މަންމަ ސޯނީ ރަޒްދާނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް