ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 16:54
އަރުޖުން ކަޕޫރު
އަރުޖުން ކަޕޫރު
ގޫގުލް
އަރުޖުން ކަޕޫރު
ރަންބީރު ސަންޖޫގައި ދައްކުވައި ދީފައިވަނީ މޮޅު ހުނަރެއް: އަރުޖުން ކަޕޫރު
"ސަންޖޫ" ސިނަމާތަކަށް އަންނާނީ އަންނަ ޖޫންމަހުގެ 29 ގައި

ރަންބީރު ކަޕޫރު ފިލްމު ސަންޖޫގައި ދައްކުވައިދީފައިވަނީ މޮޅު އެކްޓިންއެއްކަމަށް ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރު ބުނެފިއެވެ.

އަރުޖުން ބުނީ އޭނާއަށް މިފިލްމުގައި ރަންބީރުގެ އެކްޓިން ވަރަށް ކަމުދާކަމަށެވެ. މިކަހަލަ އުނދަގޫ މަސައްކަތެއް ރަންބީރު ނޫން އެހެން މީހަކަށް ނުވާނެކަމަށް އޭނާ ބުންޏެވެ.

ސަންޖޭ ކަޕޫރުގެ ބައޮޕިކް އަށް އުފައްދާފައިވާ ސަންޖޫ ގެ ޓްރެއިލާ މިހާރު ނެރެފައިވާއިރު އަރުޖުން ވަނީ މި ފިލްމުގެ ޑައިރެކްޓަރ ރާޖް ކުމާރު ހިރާނީއަށްވެސް ތައުރީފް ކޮށްފައެވެ.

 

ސަންޖޫގެ ޕޯސްޓަރެއް

އަރުޖުން ބުނީ ސަންޖޭ ދަތުގެ ބައޮޕިކްއެއް ހެދުމަށް އެންމެ އެކަށީގެންވަނީ ރާޖްކުމާރު ހިރާނީ ކަމަށާއި އެކަހަލަ ބުރަމަސައްކަތެއް އޭނާގެ ކޮނޑުގައި އަޅުވާނީ ކާމިޔާބު ވާނޭކަމުގެ ގެރެންޓީއާއި އެކުގައި ކަމަށެވެ.

"މި ފިލްމުގެ ޓީޒާ ބެލުމަށްފަހު އަހަންނަށް ކަށަވަރު ވެއްޖެ މި ފިލްމު މީހުން ހެއްވާލާ ރޮއްވާލާނެކަން. މި ފިލްމުގައި ހުރިހާ ރަހައެއްވެސް އެކުލެވިގެންވާނެކަން ޔަގީން. ސަންޖޭ ދަތުގެ ހަޔާތުގެ ހުރިހާ ރަހައެއްވެސް މި ފިލްމުގައި ފެނިގެންދާނެކަން ޔަގީން" އަރުޖުން ކަޕޫރު ބުންޏެވެ.

ރާޖްކުމާރު ހިރާއޯ ޑައިރެކްޓް ކޮށްފައިވާ ސަންޖޫގެ ޓީޒާ އާންމު ކުރުމާއެކު ގިނަބައެއްގެ ލޮލުގައި އަޅައިގަތީ ސަންޖޭގެ ރޯލު ކުޅޭ ތަރި ރަންބީރު ކަޕޫރުގެ ސިފައެވެ.

އެދެމީހުން ވައްތަރުކަމުން ގިނަ ބަޔަކު ވަނީ ހައިރާން ކޮށްލާފައެވެ. ސަންޖޭ ދަތުގެ ބައޮޕިކްގައި ރަންބީރު ކުޅެނީ ސަންޖޭގެ ރޯލެވެ.

މި ފިލްމުގައި ފެނިގެން ދާނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީދާއިރާގައި އޭނާގެ ލޯބީގެ ހަޔާތުގެ ވާހަކަ ވެސް މި ފިލްމްގައި ގެނެސްދޭނެއެވެ. 

- ކޮމެންޓް