ދެހާސް ނުވަ ވަނަ އަހަރުން 2015 ވަނަ އަހަރާއި ހަމައަށް ފޮކްސް ނެޓްވޯކްއިން ދެއްކި ޑްރާމާ ސީރީޒް ގްލީއިން މަޝްހޫރު ކަމެއް ލިބިގެންދިޔަ ތަރި ލިއާ މައިކަލް އެންގޭޖްވެއްޖެއެވެ.
ލިއާ އެންގޭޖްވެފައި ވަނީ އޭނާގެ ލޯބިވެރިޔާ ޒޭންޑީ ރެއިޗްއާއެވެ. ލިއާގެ އިންސްޓަގްރާމުގައި ވަނީ އެންގޭޖްވި އަނގޮޓި ފެންނަ ގޮތަށް ފޮޓޯއެއް ޕޯސްޓް ކޮށްފައެވެ.
ރެއިޗް ލިއާއަށް ދީފައިވަނީ ހަތަރު ކެރެޓްގެ އަގުހުރި އަނގޮޓިއެކެވެ. މި އަނގޮޓިއަކީ އެމެރިކާގެ ލޮސްއެންޖަލްސްގެ ގަހަނާ އުފައްދާ މީހެއް ކަމަށްވާ ލިއޯ ޔެރުޝަލްމީގެ ޑިޒައިނަކަށް ތައްޔާރު ކޮށްފައިވާ އަނގޮޓިއެކެވެ.
ޒޭންޑީ ރެއިޗް އަކީ ހެދުން އުފައްދާ ކުންފުންޏެއް ކަމަށްވާ އޭ.ވައި.އާރު ކުންފުނީގެ ރައީސްއެވެ.
މިދެމީހުން ލޯބީގެ ގޮތުން ގުޅިފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ލިއާ ފެނިގެންދިޔަ މަޝްހޫރު ޑްރާމާ ސީރީޒް ގްލީ ގެނެސްދީފައިވަނީ ހަ ސީޒަނަކަށް ބަހާލައިގެންނެވެ. ގްލީއިން އޭނާވަނީ އެމީ އެވޯޑްއަށާއި ދެ ގްލޯބަލް ގްލޯބް އެވޯޑަށް ނޮމިނޭޓް ވެފައެވެ. އޭނާއަކީ އެކްޓަރެއްގެ އިތުރުން ލަވަކިޔުންތެރިއެއްވެސް މެއެވެ. ގްލީއަށް އޭނާ ރެކޯޑްކޮށްދިން ލަވައަކުން އޭނާ ވަނީ ތިން ގްރެމީ އެވޯޑަން ނޮމިނޭޓް ވެފައެވެ. އެހެން ނަމަވެސް އޭނާއަށް އެވޯޑެއް ލިބިފައެއް ނުވެއެވެ.