ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 13:02
ކައިލީ އާއި އޭނާގެ އާ ގެ
ކައިލީ އާއި އޭނާގެ އާ ގެ
ގެޓީ އިމޭޖަސް
ކައިލީ ޖޭނާ
ކައިލީ ޖޭނާ ހަތަރުވަނަ ގެ ގަތީ 12 މިލިއަން ޑޮލަރަށް
މިއީ ކައިލީ މިހާތަނަށް ގަތް އެންމެ އަގުބޮޑު ގެ

މަޝްހޫރު ރިއަލިޓީ ސްޓަރ އަދި މިހާރު މޭކަޕް ދާއިރާގައި އެންމެ ކާމިޔާބު އެއް ތަރި ކައިލީ ޖޭނާ ހަތަރުވަނަ ގެ ގަނެލައިފިއެވެ.

މިއީ ކައިލީ މިހާތަނަށް ގަނެފައިވާ އެންމެ އަގުބޮޑު ގެއެވެ.

އޭނާ ހަތަރުވަނަ ގެ ގަނެފައިވަނީ 12 މިލިއަނަށް 13،200 ސްކެއާގެ ގެއެކެވެ. 2015 ވަނަ އަހަރު ބިނާކޮށްފައިވާ މި ގެއަކީ އެމެރިކާގެ ފަރުބަދަ މަތީގައި ހަދާފައިވާ ގެއެކެވެ.  މި ގޭގައި ގޭމް ރޫމަކާއި ސްވިމިން ޕޫލްއަކާއި ސްޕާ އަދި މަސާޖް ރޫމެއްގެ އިތުރުން ބަދިގެއެއް ހުރެއެވެ. މީގެ އިތުރުން މި ގޭގައި އަށް ކޮޓަރި ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ކައިލީގެ އެންމެ ފުރަތަމަ ގެ ގަނެފައިވަނީ 2.7 މިލިއަން ޑޮލަރަށެވެ. އަދި 2016 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައި ވަނީ 6 މިލިއަން ޑޮލަރަށް އޭނާގެ ދެވަނަ ގެ ގަނެފައެވެ. އޭނާގެ ތިންވަނަ ގެ ގަނެފައިވަނީ މިދިޔަ އޮގަސްޓު މަހުގައެވެ. އެގޭގެ އަގަކީ 4 މިލިއަން ޑޮލަރެވެ.

ކައިލީއަށް އަދި ވީ އެންމެ 19 އަހަރެވެ. އޭނާއަށް ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 1ގައި އަންހެން ކުއްޖަކު ލިބިފައެވެ. އެއީ ކައިލީގެ ލޯބިވެރިޔާ ޓްރެވިސް ސްކޮޓަށް ލިބުނު ފުރަތަމަ ދަރިފުޅަށް ކިޔާފައިވަނީ ސްޓޯމީ ވެބްސްޓަރއެވެ.

- ކޮމެންޓް
29 އޭޕްރިލް 2018 | އާދީއްތަ 11:20
ާހހހހ
ތޯމޭނާޗޫ؟