ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 11:07
ޝްރައްދާ ކަޕޫރާއި ޝަކްތީ ކަޕޫރު
ޝްރައްދާ ކަޕޫރާއި ޝަކްތީ ކަޕޫރު
އިންޑިއަން އެކްސްޕްރެސް
ޝްކްތީ ކަޕޫރު
ޝްރައްދާ ކައިވެނި ކުރާނީ އޭނާ ބޭނުން މީހަކާ: ޝަކްތީ ކަޕޫރު
ޝްރައްދާ މިހާރު ޝޫޓް ކުރަމުން އަންނަނީ ސްޓްރީގައި

މިދިޔަ ހަފްތާ ވެގެންދިޔައީ ބޮލީވުޑްގެ ތަރިއެއްގެ އާ  ކައިވެންޏަކާއި ބެހޭގޮތުން ފެތުރުނު އަޑާއި އެކީގައެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ޝްރައްދާ ކަޕޫރު އިންސްޓަގްރާމަށް ލާފައިވާ ފޮޓޯއާއި އެކީގައި އޭނާ ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް ފެތުރުނެވެ.

މިދިޔަ އަންގާރަ ދުވަހު އިންސްޓަގްރާމަށް ލާފައިވާ ފޮޓޯއަކުންނެވެ. އިންޑިއަން ހެދުމެއް ހިފަހައްޓައިގެން ޝްރައްދާ ހުރި އެ ފޮޓޯގައި އޭނާ ޖަހާފައިވަނީ މިއަހަރުގެ އެންމެ ބޮޑު "ހަލްދީ" އަށް އޭނާ ތައްޔާރު ވަމުންދާ ކަމަށެވެ. ހަލްދީއަކީ އިންޑިއާގެ ހިންދޫން ކައިވެނިކުރުމުގެ ކުރިން ގައިގައި އުނގުޅާ ރީނދޫއަކަށް ކިޔާ ނަމެކެވެ.

ޝްރައްދާގެ އެންމެ ފަހުގެ ފިލްމު "ދަ ޖާނީ އޮފް އަޕްނަ އަޕްނާ" ގެ ޕޯސްޓަރ ރިލީޒް ކުރުމަށް ބޭއްވި ހަފްލާގައި އޭނާގެ ބައްޕަ ޝަކްތީ ކަޕޫރު ވެސް ވަނީ ބައިވެރިވެފައެވެ.

އެ ހަފްލާގައި ޝަކްތީއަށް ޝްރައްދާ ކައިވެނި ކުރަން އުޅެނީ ކާކާތޯ ސުވާލު ކުރުމުން އޭނާ ބުނީ ކޮންމެ ބައްޕަޔަކު ވެސް ބޭނުންވާނީ އޭނާގެ އަންހެން ދަރިއަކު ރަނގަޅު މީހަކާ ކައިވެނި ކުރުމަށް ކަމަށާއި އޭނާ އަކީ އިހުތިރާމު ލިބިގެންވާ މީހެއްކަމަށް ވާން ބޭނުންވާނެ ކަމަށެވެ. އަދި ބައްޕަ ނޫނީ އާއިލާ މީހުންދައްކާ މީހަކާ ކައިވެނި ކޮށްގެން އުޅޭ ޒަމާން މިހާރު ގޮސްފި ކަމަށާއި ޝްރައްދާއަށް އޭނާ ބޭނުން މީހަކާ ކައިވެނި ކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

" ޝްރައްދާ މިހާރު ވަރަށް ބިޒީ ކޮށް އުޅެނީ އޭނާގެ ކެރިއާއިގެން. އެހެން ނަމަވެސް އޭނާ ކައިވެނި ކުރަން ބޭނުންވެއްޖެ ކަމުގައި ވާނަމަ އޭނާގެ ޗޮއިސް އަށް އެކަން ކޮށްދޭނަން." ޝަކްތީ ކަޕޫރު ބުންޏެވެ.

ޝްރައްދާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ކާކާ ކަމެއް މިހާތަނަށް އޭނާ ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މިހާތަނަށް ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަންނާނުންނާއި އޭނާއާއި ވަނީ އަޅުވާކިޔާފައެވެ. އޭގެ ތެރޭގައި ފަރްހާން އަޚްތަރާއި އަދިތިޔާ ޗޮޕްރާއާއި ގުޅުން އޮތްކަމަށް އަޑުތައް ފެތުރުނެވެ. އަދި ފަރްހާން އަޚްތަރު އޭނާގެ 17 އަހަރުވީ ކައިވެނި ރޫޅާލައި އަނބިމީހާ ވަރިކޮށްލަނީ ޝްރައްދާ ދެކެ ލޯބިވެގެން ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ. އެހެން ނަމަވެސް ޝްރައްދާ ވެސް އަދި ޝަކްތީ ވެސް ވަނީ އެއީ ދޮގެއް ކަމަށްބުނެ އިންޑިއާގެ ނޫސްތަކަށް އިންޓަވިއު ދީފައެވެ.

ޝްރައްދާއަށް މިއަހަރަކީ ވަރަށް "ބިޒީ" އަހަރެކެވެ. އޭނާ މިހާރު ޝޫޓްކުރަމުން އަންނަނީ ރާޖް ކުމާރު ރާއޯ އާއި އޭނާ އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމު ސްޓްރީގެ ޝޫޓިންއާއިގެންނެވެ. އޭނާ މިއަހަރު ފެނިގެންދާނެ އެއް ފިލްމަކީ ޝާހިދު ކަޕޫރާއި އެކު ފެނިގެންދާ ފިލްމު ބައްޓީ ގުލް މީޓާ ޗާލޫއެވެ. އެ ފިލްމުގެ ޝޫޓިން ނިމުމަކަށް އައިސްފައިވާއިރު ޝްރައްދާ ފެނިގެންދާ ތެލުގޫ ފިލްމު ސާހޯގެ ޝޫޓިން މިހާރު ވަނީ ނިންމާފައެވެ. ޝްރައްދާ ކުޅެފައިވާ ކާމިޔާބު ފިލްމު ތަކުގެ ތެރޭގައި އޭކް ވިލަން، ބާގީ، އޭބީސީޑީ އަދި ރޮކްއޮން ހިމެނެއެވެ.

- ކޮމެންޓް