ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 09:34
ޝިލްޕާ ޝެޓީ
ޝިލްޕާ ޝެޓީ
އިންޑިއަން އެކްސްޕްރެސް
ޝިލްޕާާ ޝެޓީ
ޝިލްޕާ ޝެޓީ ރާއްޖޭގައި
ބެލެވޭ ގޮތުގައި ޝިލްޕާ ރާއްޖެއައީ ހުކުރު ދުވަހު

ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ ޗުއްޓީ ހޭދަކުރުމަށް އާއިލާއާއިއެކު ރާއްޖެ އައިސްފިއެވެ.

ޝިލްޕާ ރާއްޖެ އައިސްފައި ވަނީ އޭނާގެ ދަރިފުޅާއި ފިރިމީހާ ރާޖް ކުންދުރާއާއި އެކީގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޝިލްޕާ ހޮނިހިރު ދުވަހު އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގައި ވެސް ވަނީ އާއިލާ އެކު ވަގުތު ހޭދަކުރާ ކަމަށް ބުނެފައެވެ. ޝިލްޕާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ކަނުހުރާ ރިސޯޓުގައެވެ.

އޭނާ އެންމެ އަވަހަށް ފެނިގެންދާނީ މަޝްހޫރު ސްޓްރީމިން ސާވިސްއެއް ކަމަށްވާ އެމެޒޯން ގެ ރިއަލިޓީ ޝޯ ކަމަށްވާ ހިއާ މީ ލަވްމީގެ ހޮސްޓެއްގެ ގޮތުގައެވެ. އެމެޒޯން އިން އަލަށް ފަށާ މި ޝޯގެ މުޅި ކޮންސެޕްޓް ފަރުމާ ކޮށްފައިވަނީ "ބްލައިންޑް ޑޭޓިން"އަށެވެ.

އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2007 ގެ އަޕްނޭ އެވެ.

ޝިލްޕާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ބާޒީގަރު ،ދަޅުކަން،ޕިރް މިލޭންގޭ އަދި ރިޝްތޭހިމެނެ އެވެ. އޭނާ ފިލްމީ ދާއިރާއަށް ތައާރަފްވެފައި ވަނީ 1993 ވަނަ އަހަރު ނިކުތް ބާޒީގަރްއިންނެވެ.

މިހާރު ފިލްމު ކުޅުމާއި ދުރުގައި ޝިލްޕާ ހުރިކަމުގައި ވިއަސް އޭނާ ދަނީ ތަފާތު އެކި ޝޯތަކުން ޖަޖެއްގެ ގޮތުގައާއި ހޮސްޓެއްގެ ގޮތުގައި ފެންނަމުންނެވެ. އެގޮތުން އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ދާދި ފަހުން ސޮނީ ޗެނަލުން  ގެނެސްދިން ޑާންސް ރިއަލިޓީ ޝޯ ކަމަށްވާ ސްޕަ ޑާންސް 2 އިންނެވެ.

- ކޮމެންޓް