ކ. މާލެ
|
26 އޭޕްރިލް 2018 | ބުރާސްފަތި 12:43
ކްލޯއީ އާއި ޓްރިސްޓަން
ކްލޯއީ އާއި ޓްރިސްޓަން
ގޫގުލް
ކްލޯއީ އާއި ޓްރިސްޓަން
ކްލޯއީ އަށް ބޭވަފާތެރިވެވުން ޓްރިސްޓަން ހިތާމަކުރަނީ
ކްލޯއީ ވިހާފައި ވަނީ އޭޕްރިލް 12ގައި
ޓްރިސްޓަންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައި

ކްލޯއީ ކާޑޭޝިއަން ވިހެއުމުގެ އެއް ދުވަސް ކުރިން އޭނާގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްޕްސަން އެހެން އަންހެނަކާ އެކު ގުޅުންތައް ހިންގާ ވީޑިއޯ މީޑިއާގެ ޒަރިއްޔާއިން ވަނީ ހާމަވެފައެވެ.

އެ ވީޑިއޯއަކީ ބާސްކެޓް ކްލަބެއް ކަމަށްވާ ކްލީވްލޭންޑް ކެވެލިއަރސްއަށް ކުޅޭ ޓްރިސްޓަން ނިއު ޔޯކްގައި އަންހެނަކު ގޮވައިގެން ހޮޓަލަށްދާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާންމުވިތާ މާގިނައިރުތަކެއް ނުވެ އިތުރު ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ފޮޓޯތަކުން ފެންނަނީ ނިމިގެން ދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ކްލޯއީގެ ބަންޑަށް އެންމެ ތިން މަހުގައި، ދެ އަންހެނުންނާ އެކު ޓްރިސްޓަންގެ ގައިގޯޅި ފެންނަ ވީޑިއޯ ޓީއެމްޒީން ވަނީ އާންމުކޮށްފައެވެ. 

މުނިފޫހި ފިލުވުމުގެ ދާއިރާގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ހޮލީވުޑް ލައިފުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރިސްޓަން އަށް ކުރެވުނު ކަންތައްތަކާ މެދު އޭނާ މިހާރު ހުރީ ދެރަވެފައެވެ. 

އެނޫހުން ބުނެފައި ވާގޮތުގައި ޓްރިސްޓަންގެ އާންމުވެފައިވާ ވީޑިއޯގެ ފަހުން އޭނާއަށް ވަނީ އާންމުންގެ ފަރާތުން ފާޑު ކިޔުން އަމާޒުވުމެވެ. އަދި އެވީޑިއޯގެ ފަހުން އޭނާ އިންނަންޖެހިފައި ވަނީ ބާސްކެޓް ބޯޅަ މުބާރާތްތަކުގައި ޓީމުގެ ބެންޗުގައި ކަމަށާއި އޭނާގެ ޓީމުންނާއި ސަޕޯޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އޭނާއަށް "ޓްރީޓް" ކުރަނީ ވަރަށް ރުޅިވެރި ކަމާއި ވަރަށް ތަފާތުކޮށް ކަމަށް އެނޫހުން ވަނީ ބުނެފައެވެ. އެހެންކަމުން އޭނާ ރިގްރެޓްވަނީ ކްލޯއީ ދެރަވެދާނެތީ ނޫން ކަމަށާއި އޭނާ ރިގްރެޓް ވަނީ އޭނާއަށް ކުރިން އޮތް ތަރުހީބާއި އޭނާއާ ދޭތެރޭ މީހުން ކުރިން ދެކޭ ގޮތް ބަދަލުވުމުން ކަމަށް ހޮލީވުޑް ލައިފްއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ކްލޯއީގެ ގިނަ ފޭނުންތައް ދަނީ ޓްރިސްޓަންގެ އިންސްޓްގްރާމް ފޮޓޯތަކުގައި އެއްޗެހި ކިޔައި، ކޮމެންޓް ކުރަމުންނެވެ. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ކްލޯއީ ވަނީ ޓްރިސްޓަންއަށް މާފުކޮށްފައެވެ. ކްލޯއީ އާއި ޓްރިސްޓަން އަންހެން ކުއްޖަކަށް މަރްހަބާ ކިޔާފައި ވަނީ އޭޕްރިލް 12 ގައެވެ. ކްލޯއީ އާއި ޓްރިސްޓަންގެ ދަރިފުޅަށް ކިޔާފައި ވަނީ 'ޓްރޫ' ތޮމްޕްސަން އެވެ.

މިއީ ކްލޯއީގެ ފުރަތަމަ އަދި ޓްރިސްޓަންގެ ދެވަނަ ދަރިފުޅެވެ. މި ދެ މީހުން ރައްޓެހިވި އިރު ކުރީގެ ލޯބިވެރިޔާ އިނނީ ކްރިސްޓަންގެ ދަރިއަކަށް ބަލިވެއެވެ.

- ކޮމެންޓް