ކ. މާލެ
|
26 މާރޗް 2018 | ހޯމަ 22:33
ބިޝާލް ޝަރްމާ އާއި ސުޕަރ ޑާންސަރގެ ޖަޖުން އެކުގައި
ބިޝާލް ޝަރްމާ އާއި ސުޕަރ ޑާންސަރގެ ޖަޖުން އެކުގައި
ގޫގުލް
ސުޕަރ ޑާންސަރ
މިފަހަރު ސުޕަރ ޑާންސަރ ސީޒަން 2 ކާމިޔާބު ކުރީ ބިޝާލް ސަރްމާ!
ބިޝާލްއަށް އެކަނި 12 މިލިއަން ވޯޓް ވަނީ ލިބިފައި
ސުޕަރ ޑާންސަރއަކީ ކުޑަކުދިންގެ ޑާންސް ރިއަލިޓީ ޝޯއެއް

ސޮނީ ޗެނަލްގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ކުޑަކުދިންގެ ޑާންސް ރިއަލިޓީ ޝޯއެއް ކަމުގައިވާ "ސުޕަރ ޑާންސަރ ސީޒަން 2" އުމުރުން 12 އަހަރުގެ ބިޝާލް ސަރްމާ ކާމިޔާބު ކޮށްފިއެވެ.

މި ފަހަރުގެ ސީޒަންގައި ބެލުންތެރިންނަށް ލައިވްކޮށް ވޯޓްލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ބެލުންތެރިންގެ ފަރާތުން 34 މިލިއަން ވޯޓް ލިބިފައިވާއިރު ބިޝާލްއަށް އެކަނި 12 މިލިއަން ވޯޓް ވަނީ ލިބިފައެވެ.

ބިސާލް ބުނީ އޭނާ ސުޕަރ ޑާންސް ކާމިޔާބު ކުރެވުމުން އުފާކުރާ ކަމަށާއި ޖަޖުންނަށާއި އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބިޝާލްގެ އިތުރުން ސީޒަންގައި ފައިނަލަށް ގޮސްފައި ވަނީ އާކާޝް ތާޕާ، ވެޝްނަވީ ޕްރަޖާޕަތީ، ރިތިކް ދިވާކަރްއެވެ.

މި ސީޒަން ބިޝާލް ކާމިޔާބު ކުރުމުން އޭނާއަށް ވަނީ ސޮނީގެ ފަރާތުން 15 ލައްކަ އިންޑިއަން ރުޕީސް ދީފައެވެ. އަދި ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މީގެ އިތުރުން އެކި ތަންތަނުން ވަނީ ބައިވެރިންނަށް ފައިސާގެ އިނާމް ހުށަހަޅާފައެވެ.

މި ޝޯގައި ބައިވެރިވެވޭނީ އުމުރުފުރައަކީ 4 އަހަރާއި 13 އަހަރެވެ.

މި ފަހަރުގެ ސުޕަރ ޑާންސަރގައި ވެސް ކުޑަކުދިންގެ ނެށުމުގެ ފަރި ހަރަކާތްތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

ސުޕަރ ޑާންސަރ ސީޒަން 3 ވެސް ފަށާނެ ކަމަށް ސޮނީ އިން ވަނީ ބުނެފައެވެ.

     

 

- ކޮމެންޓް