ކ. މާލެ
|
26 މާރޗް 2018 | ހޯމަ 22:29
ސޯނަމް ކަޕޫރާއި ލޯބިވެރިޔާ އާނަންދް އަހޫޖާ
ސޯނަމް ކަޕޫރާއި ލޯބިވެރިޔާ އާނަންދް އަހޫޖާ
ގޫގުލް
ސޯނަމް ކަޕޫރް
ސޯނަމް ކަޕޫރްގެ ކައިވެނި މި އަހަރުގެ މެއި މަހު!
 
ކައިވެނީގެ ހަފްލާ އޮންނާނީ މެއި މަހު ޖެނީވާގައި
 
ސޯނަމް އާއި އާނަންދު އެކުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައި

ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރާއި ލޯބިވެރިޔާ އާނަންދް އަހޫޖާ މި އަހަރުގެ މެއި މަހު ކައިވެނި ކުރަން ނިންމައިފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން  ސޯނަމް އާއި އޭނާގެ ލޯބިވެރިޔާ އާނަންދުގެ ކައިވެނީގެ ހަފްލާ އޮންނާނީ މެއި މަހު ޖެނީވާގައެވެ. އަދި ދެ ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ ކައިވެނީގެ ހަފުލާތައް ކުރިއަށް ދާނީ މެއި 11 ވަނަ ދުވަހުން 12 ވަނަ ދުވަހަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހިންދޫންގެ އާދަކާދަތަކާ އެއްގޮތަށް ޖެނީވާގައި ބާއްވާ، މި ކައިވެނީގެ ހަފްލާގެ ހެދުންތައް ފަރުމާކުރަނީ އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރުން ކަމަށްވާ އަބޫ ޖާނީ-ސަންދީޕް ކޯސްލާއި އާއި އިނގިރޭސިވިލާތުގެ ޓަމާރާ ރާލްފް އާއި މައިކަލް ރުސޯއެވެ.

ނިއުދިއްލީ އަށް އުފަން ވިޔަފާވެރިޔާ އާނަންދު އާއި ސޯނަމް ރައްޓެހިވެގެން އުޅޭތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެއެވެ.

ސޯނަމް އާއި އާނަންދު އެކުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، އެ މީހުންނަކީ އަމިއްލަ ދިރިއުޅުމާ ގުޅޭ ގޮތުން މާ ގިނަ ވާހަކަ މިޑިއާގައި ހިއްސާ ކުރާ ބައެއް ނޫނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް