ކ. މާލެ
|
26 މާރޗް 2018 | ހޯމަ 22:31
ދިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފް އެކުގައި
ދިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފް އެކުގައި
ގޫގުލް
ޓައިގަ ޝްރޮފް
ދިޝާއަކީ އަހަރެން އިތުބާރު ކުރާ މަދު މީހުންގެ ތެރެއިން އެކަކު: ޓައިގަ ޝްރޮފް
 
ދިޝާއަކީ ވަރަށް ހާއްސަ ރައްޓެއްސެއް
 
އަހަރެންގެ މާގިނަ ރައްޓެހިން ނުތިބޭ

ދިޝާ ޕަޓާނީއަކީ އޭނާ އިތުބާރުކުރާ މަދު މީހުންގެ ތެރެއިން އެކަކު ކަމަށް ޓައިގަ ޝްރޮފް ބުނެފިއެވެ.

ޓައިގަ ޝްރޮފް އާއި ދިޝާ އެކުގައި ގިނައިން ފެނިގެންދިޔަސް އެ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް ހިނގާ ކަމަށް އޭނާ ވަނީ ދޮގުކޮށްފައެވެ.

"އަހަރުމެން ދެ މީހުން އަބަދުވެސް އެކުގައި ތަންތަނަށް ދަން. ދެމީހުން އެކުގައި ބޭރަށް ދިޔުމުކުން އެ ނުވާނެ ދޯ ދެމީހުން ޑޭޓް ކުރަނީ ކަމަށް. ރައްޓެހިންނާ އެކު ވެސް ހަމަ ބޭރަށް ދަނީ ދޯ. އަހަރެން ފިރިހެން ރައްޓެހިންނާ އެކު ވެސް ބޭރަށް ދަން. އެކަމަކު އެކަކުވެސް އެވާހަކައެއް ނުދައްކާ،" ޓައިގަ ޝްރޮފް އާއި ދިޝާއާ ދެމެދު ލޯބީގެ ގުޅުމެއް އޮވޭތޯ ސުވާލުކުރުމުން އޭނާ ބުންޏެވެ.

ޓައިގަ ޝްރޮފް ބުނީ ދިޝާއަކީ އޭނާ ވަރަށް އިތުބާރު ކުރާ، ތެދުވެރިއް ކަމަށެވެ.

ޓައިގަ އިތުރަށް ބުނީ އޭނާގެ މާގިނަ ރައްޓެހިން ނުތިބޭ ކަމަށާއި އޭނާގެ ވާހަކަތައް އެހާ ފަސޭހައިން އެކަކާ ވެސް ހިއްސާ ނުކުރާ ކަމަށެވެ. އެހެންނަމަވެސް ދިޝާއަކީ ވަރަށް ހާއްސަ ރައްޓެއްސެއް ކަމަށް އޭނާ ބުންޏެވެ.

ޓައިގާ ޝްރޮފް އާއި ދީޝާ ޕަޓާނީ އެކުގައި ފެނިގެންދާ ފިލްމު "ބާގީ 2" ސިނަމާތަކުގައި އެޅުމަށް މި މަހު ވަނީ ހަމަޖެހިފައެވެ.

"ބާގީ 2" ގެ ޝޫޓިން ފަށާފައި ވަނީ ޓައިގާ ޝްރޮފްގެ އުފަން ދުވަހުގައެވެ. ޓައިގާ ޝްރޮފް ވަނީ މި ފިލްމަށް ތައްޔާރުވުމަށް އެއް މަސް ދުވަހުގެ ސްޓަންޓެއް ވެސް ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް