ކ. މާލެ
|
26 މާރޗް 2018 | ހޯމަ 22:19
ހިޗްކީ ފިލްމްގެ ޕޯސްޓަރެއް
ހިޗްކީ ފިލްމްގެ ޕޯސްޓަރެއް
ގޫގުލް
ފިލްމް ހިޗްކީ
ފިލްމް ހިޗްކީ އަށް ތިން ވަނަ ދުވަހުން ހަ ކަރޯޑްއަށް ވުރެ ގިނައިން ލިބިއްޖެ
 
ފިލްމު ހިޗްކީ ސިނަމާތަކުގައި އަޅުވާފައިވަނީ މާރޗް މަހުގެ 23 ވަނަ ދުވަހު

ފިލްމް "ހިޗްކީ" ސިނަމާތަކުގައި އެޅުވި ތިންވަނަ ދުވަހު ހަ ކަރޯޑްއަށް ވުރެ ގިނަ ރުޕީސް ލިބިއްޖެއެވެ.

މި ފިލްމަކީ ބޮލީވުޑްގެ ތަރި ރާނީ މުކަރްޖީ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ ފިލްމެވެ. އަދި "ހިޗްކީ" އަކީ ރާނީގެ ފިރިމީހާ އަދި މަޝްހޫރު ޑައިރެކްޓަރު އަދިއްތިޔަ ޗޯޕްޅާގެ ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސް އިން އުފެއްދި ފިލްމެކެވެ.
ފިލްމުން ފެނިގެންދާނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ޖެހިފައިވާ އަންހެނަކު އޭނާގެ ހުވަފެން ފުރިހަމަ ކުރާ މަންޒަރެވެ. ރާނީ އަށް ޖެހިފައިވާ އެ ބައްޔަކީ ކުރިން އޭނާގެ ބަލިފައެވެ. ކެތްތެރިކަމާ އެކީ އޭނާގެ ހުވަފެން ކާމިޔާބު ކުރުމަށް ރާނީ ކަންތައްތަކަށް ކުރިމަތިލައި ކާމިޔާބު ހޯދާތަން ފިލްމުން ފެނިގެންދެއެވެ. ދަތި އުނދަގޫ ކަންތައްތައް ކަޑައްތު ކޮށް ކުރީގެ އޭނާގެ ބަލިފައި (އޭނާ އަށް ޖެހިފައި ހުރި ބަލި) އޭނާގެ އެންމެ ވަރުގަދަ ހަތިޔާރަށް ވެގެންދާ މަންޒަރު ވެސް ފިލްމުން ދައްކުވައިދޭނެއެވެ.

ފިލްމުގައި ރާނީގެ އިތުރުން ހަރަކާތްތެރިވާނީ ސުޕްރިއާ ޕިލްގްއުންކަރް، އާސިފް ބަސްރާ، ކުނާލް ޝިންޑޭ އަދި ޝިވްކުމާރު ސުބްރަމާނިއަމްއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް