ކ. މާލެ
|
26 މާރޗް 2018 | ހޯމަ 22:17
އެކްޓްރަސް ކެޓްރީނާ ކައިފް
އެކްޓްރަސް ކެޓްރީނާ ކައިފް
ގޫގުލް
ކެޓްރީނާ ކައިފް
ކެޓްރީނާގެ ބޮލީވުޑް ހަޔާތަށް ފޮތެއް ލިޔަނީ!
 
ބޮލީވުޑް ހަޔާތުގައި ގިނަ ގޮންޖެހުންތަކާ ދިމާވި

ހިންދީ ފިލްމް އިންޑަސްޓްރީގައި އެންމެ ޓޮޕް ސްޓާރުންގެ ތެރޭގައި ހިމެނޭ އެކްޓްރެސް ކެޓްރީނާ ކައިފްގެ ބޮލީވުޑް ހަޔާތަށް ފޮތެއް ލިޔަން ނިންމާފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފިއެވެ.

ކެޓްރީނާ އެކްޓްކުރި ބައެއް ފިލްމްތައް ކަމުގައިވާ "ޓައިގަ ޒިންދާހޭ" ، "ތީސްމާރް ޚާން" ،"އޭކްތަ ޓައިގަރ" ފަދަ ފިލްމްތައް ވަނީ ބްލޮކްބަސްޓަރ ފިލްމްތަކަށް ވެފައެވެ. އެހެން ނަމަވެސް 2003 ވަނަ އަހަރު އެންމެ ފުރަތަމަ ކެޓްރީނާ ފެނިގެންދިޔަ "ބޫމް" ފިލްމް އިން ބެލުންތެރިންގެ ފަރާތުން ވަނީ އޭނާގެ އެކްޓިންގްއަށާއި ނެށުމުގެ ހުނަރުތަކަށް ގިނަގުނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އެ ފާޑު ކިޔުންތަކަކީ އޭނާގެ އެކްޓިންގް އިތުރަށް ރަގަޅުކޮށް ބޮލީވުޑް ހަޔާތުގައި އިތުރަށް ކުރިއަށް ދިޔުމަށް ލިބުނު ފުރުސަތުތަކެއް ކަމުގައި ކެޓްރީނާ ދެކެއެވެ. އަދި އެ ފާޑުކިޔުންތަކާ އެކު ކުރިއަށް ގޮސް ކެޓްރީނާ ވަނީ މިހާރު ބޮލީވުޑްގައި ނަގާކިޔޭ ތަރިންގެ ތެރޭގައި ހިމެނިފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބޮލީވުޑްގެ ދާއިރާގައި ކެޓްރީނާ ހަރަކާތްތެރިވާތާ 15 އަހަރު ފުރޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް