ކ. މާލެ
|
26 މާރޗް 2018 | ހޯމަ 12:14
ހެރީ އާއި މޭގަންގެ ކައިވެނީގެ ކާޑުގެ ފޮޓޯއެއް
ހެރީ އާއި މޭގަންގެ ކައިވެނީގެ ކާޑުގެ ފޮޓޯއެއް
ޓްވިޓަރ
ހެރީ އާއި މޭގަންގެ ކައިވެނި
ހެރީ އާއި މޭގަންގެ ކައިވެނީގެ ކާޑު ދައްކާލައިފި
 
ކާޑު ތައްޔާރުކޮށްފައި ވަނީ 1985 އިން ފެށިގެން އިނގިރޭސީ ޝާހީ އާއިލާގެ ހަފުލާތަކުގެ ކާޑުތައް ތައްޔާރު ކުރަމުން އަންނަ ފަރާތެއް

މި އަހަރުގެ މެއި މަހު ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާ އިނގިރޭސި ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ތަރި މޭގަން މާކެލް ކައިވެނީގެ ކާޑު ދައްކާލައިފިއެވެ.

މި ކާޑު ދައްކާލާފައިވަނީ ކެސިންޓަން ޕެލަސް އިން ކުރި ޓްވީޓްތަކެއްގައެވެ. އަދި ކާޑު ހެދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވެސް ޓްވިޓާގައި ހިއްސާ ކޮށްފައިވެއެވެ.

މި ފަހަރު ވެސް ކާޑު ތައްޔާރުކޮށްފައި ވަނީ 1985 އިން ފެށިގެން އިނގިރޭސީ ޝާހީ އާއިލާގެ ހަފުލާތަކު ކާޑުތައް ތައްޔާރު ކުރަމުން އަންނަ ބާނާޑް ވެސްޓްވުޑުންނެވެ.

ހެރީ އާއި މޭގަންގެ ކައިވެނީގެ ޕާޓީގެ ޚަރަދަށް 500،000 ޕައުންޑަށް ވުރެން ގިނައިން ޚަރަދުވާނެ ކަމަށް އެކި މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ޚަރަދު ކުރާނީ މޭގަންގެ ބައްޕަ ޓޮމްއެވެ. އިނގިރޭސި ވިލާތުގެ ވެޑިން ޕްލޭނާ ހަމީޝް ޝެފާޑް ވަނީ ހެރީ އާއި މޭގަންގެ ކައިވެނީގެ ޚަރަދު އިނގިރޭސިވިލާތުގައި ކުރާ އެހެން ކައިވެނިތަކަށް ވުރެ ސަތޭކަ ގުނަ ބޮޑުވާނެ ކަމަށް ބުނެފައެވެ.

ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އުމުރުން 33 އަހަރުގެ ހެރީ އާއި 36 އަހަރުގެ މޭގަން އެންގޭޖް ކޮށްފައި މިވަނީ 16 މަސް އެކުގައި ހޭދަކުރެއްވުމަށް ފަހުގައެވެ.

މި ކައިވެނި ވެގެންދާނީ ހެރީގެ އަލަތު ކައިވެންޏަށެވެ. އެހެން ނަމަވެސް މިއީ މޭގަންގެ އަލަތު ކައިވެންޏަށް ނުވާއިރު އޭނާ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފިލްމް ޕްރޮޑިއުސަރެއް ކަމަށްވާ ޓްރިވަރ އެންގްލްސަންއާ ކުރި ކައިވެނި، ދެ އަހަރަށް ފަހު ވަނީ ރޫޅިފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް