ކ. މާލެ
|
4 ޖެނުއަރީ 2017 | ބުދަ 16:28
ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރު ވިލިއަން
ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރު ވިލިއަން
އަޒުމޫން އަހުމަދު
މައުމޫން
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ މިޑްފިލްޑަރު ވިލިއަން ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތްކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފި އެވެ.


އިނގިރޭސި ބައެއް މީޑިއާތަކުން ބުނީ ޖެނުއަރީ ޓްރާންސްފާއާ ދިމާކޮށް ވިލިއަން ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ފަށާފައިވާ ކަމަށާއި، އެގޮތުން އެ ކްލަބުން 25 މިލިއަން ޕައުންޑުގެ ބިޑެއް މިހާރު ތައްޔާރުކުރަމުން އަންނަ ކަމަށެވެ.


މިދިޔަ ސީޒަނުގައި ޗެލްސީ ހޯދި ދަށް ނަތީޖާތަކުގެ ސަބަބުން ވިލިއަން އެޓީމު ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އޭނާ ވަނީ ޗެލްސީގައި 2020 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރުމަށް ނިންމާފަ އެވެ.


އެއްބަސްވުން އާކުރުމަށްފަހު ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވިލިއަން އޭރު ބުނީ ކްލަބާ އެކު އިތުރު ހަތަރު އަހަރު މަޑުކުރަން ޖެހުމުން އެކަމާ ވަރަށް އުފާވެފައިވާ ކަމަށާއި، ކްލަބަށް އިތުރު ކާމިޔާބީތައް ކުރިޔަށް އޮތް ދުވަސްތަކުގައި ހޯދައިދިނުމަށް ކެތް މަދުވެފައި ހުރި ކަމަށެވެ.


މީގެ އިތުރުން 2013 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ވިލިއަން ބުނީ އޭނާ އުންމީދު ކުރަނީ ފާއިދުވެ ދިޔަ ސީޒަނުގައި ކްލަބުގައި ދެއްކި ކުޅުން އަންނަ ސީޒަނުގައި ވެސް ތަކުރާރުކޮށް އެ ފޯމުގައި ހުރުން ކަމަށެވެ.


މިދިޔަ ސީޒަނުގައި ޗެލްސީގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ވިލިއަން ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 157 މެޗުގައި 24 ލަނޑު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އެ ކްލަބާ އެކު އެއް ޕްރިމިއާ ލީގް އަދި އެއް ފުޓުބޯޅަ ލީގް ކަޕް ކާމިޔާބުކޮށްފަ އެވެ.

 

- ކޮމެންޓް