ރާއްޖެ އަށް އެއްވެސް ގައުމެއްގެ އަސްކަރިއްޔާ އިން އަރައި ކަންކަން ކުރަން ތާއީދު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އަސްކަރީ ފައުޖަކާ އެކު އިންޑިއާގެ މަންދޫބެއް ރާއްޖެ އައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކައާ ގުޅިގެން ގާސިމް ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ލޮބުވެތި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލްއާ ސިޔާދަތަށް އެއްވެސް މިންވަރަކަށް ބުރޫއަރާނެ ބޭރުގެ މިލިޓަރީ އިންޓަރވެންޝަނެއްގައި" އެބޭފުޅާ އާއި ޖުމްހޫރީ ޕާޓީ ވެސް ބައިވެރިނުވާނެ ކަމުގައެވެ. އަދި ބައެއް ބޭފުޅުންގެ އަމިއްލަ ވިސްނުންފުޅު އެފަރާތްތަކާ މަޝްވަރާ ނުކުރެއްވުމުން ހިތާމަކުރައްވާ ކަރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
Lobuvethi dhivehi qaumuge minivankamaa, isthiqlaal aa, siyaadhathah evves minvarakah burooaraane beyruge “military intervention” akah alhugandaa adhi JP baiveri nuvaane kamugai dhannavan. Bayeh beyfulhunge amilla visnun, alhugandumenaa mashvaraa nukurevveethee hithaama kuran.
— Qasim Ibrahim (@qasimibrahim) February 8, 2018
ގާސިމް ބުރާސްފަތި ދުވަހު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންނަށާއި ސިފައިންނަށް އެބޭފުޅާގެ ފުރިހަމަ އިތުބާރާއި ލޯބި އަބަދު ވެސް އޮންނަ ކަމަށާއި ކޮންމެ ބައެއްގެ ތެރޭގައި ވެސް ގާނޫނާ ހިލާފު އަމަލުކުރާ މަދު ބަޔަކު ތިބެދާނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ މަދު ބަޔަކު ގޯސް ހެދިޔަސް ގާނޫނު ނެގެހެއްޓުމުގައި ސިފައިންނާއި ފުލުހުން ސާބިތުކަން މަތީ ތިއްބަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
Qaumge @MNDF_Official, @PoliceMv ah alhuganduge furihama ithubaaraa loabi abadhuves ove. Konme bayehge tereygaves qaanoona khilaaf amal kuraa madhubayaku thibedhaane! Madhu bayaku goas hehdheviyas, qaanoonu negahettumugaa sifainnaa fuluhun saabithuvaane kan Alhugandah yageen
— Qasim Ibrahim (@qasimibrahim) February 8, 2018