އައިޓީބީ ފެއަރއަށް ދާ މީހުންނަށް ރާއްޖޭގައި ވިސާ ދޫކުރުން ކެންސަލް ކޮށްފިއެވެ.
އައިޓީބީ ފެއަރ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ބާއްވާ ފެއަރ އެކެވެ.
މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ޖަރުމަންވިލާތުގައެވެ.
ފެއަރއަށް ރާއްޖޭން ދާ މީހުންނަށް ރާއްޖޭގައި ތިބެގެން ވިސާ އަށް އެޕްލައިކުރެވޭ ގޮތަށް ޖަރުމަންވިލާތުން ކުރިން އޮތީ ނިންމާފައެވެ. އެގޮތުން ކުރިން އޮތީ މާދަމާގެ ނިޔަލަށް "އެޕްލިކޭޝަން ސެންޓަރެއް" ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ގާއިމުކުރުމަށެވެ. އެހެންނަމަވެސް، އެ ސެންޓަރު ހުޅުވެން ނެތް ކަަމަށް ޖަރުމަންވިލާތުން ވަނީ އަންގާފައެވެ.
އެ ގައުމުން ވަނީ ފެއަރ ގައި ބައިވެރިވުމަށް ވިސާ ބޭނުންވާ ފަރާތްތަކުން ސްރީލަންކާ އަށް ގޮސް ވިސާގެ ކަންކަން ހަމަޖެއްސުމަށް އަންގާފައެވެ.
އައިޓީބީ ފެއަރ އަކީ ދުނިޔޭގެ ފެންވަރުގައި ބާއްވަމުން އަންނަ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއަރ އެވެ.