ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ދިރިއުޅުއްވާ ގެއަށް އަށް ފުލުހުން ވަދެއްޖެއެވެ.
ހަސަން ސައީދުގެ އާއިލާ ދިރިއުޅުއްވަމުން ދަނީ ހ. ނިޝާން ޕްލާޒާ ގޭގެ ތިން ވަނަ ފަންގިފިލާގަ އެވެ. އެ ގެއަށް ފުލުހުން ވަނީ ހެނދުނު 6:45 ހާއިރު އެވެ.
މަންޒަރު ފެނުނު ގޮތުގައި އެ ގެއަށް ފުލުހުން ވަނީ ދޮރު ވެއްޓި ހިފައިގެންނެވެ. ނަމަވެސް ހަސަން ސައީދު އުޅުއްވާ އެޕާޓްމެންޓަށް ފުލުހުން ވަން ކަމެއް ކަށަވަޅެއް ނުވެ އެވެ. އަދި އެ އެޕާޓްމެންޓަށް ވަނުމަށް ކޯޓް އަމުރެއް ލިބިފައި ނެތްކަމަށް ވެސް ވަނީ އެނގިފަ އެވެ.
ހަސަން ސައީދުގެ ގެއަށް އަށް ފުލުހުން މި ވަނީ، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ސިޔާސީ ހައްޔަރީން މިނިވަންކުރަން ސުޕްރީމް ކޯޓުން ހުކުމް ނެރެފައި ވަނިކޮށެވެ.