ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒު ކުރުމަށް ބާރުއެޅުމުގެ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވަމުންދިޔަ އެއްވުމަށް ހުރަސް އަޅަން އުޅުނު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންގޮސްފިއެވެ.
އެއްވުމުގެ ބައިވެރިން މާލޭ ޖަލު ސަރަހައްދުގައި ތިބުމަށްފަހު ޕީޖީ އޮފީސް ސަރަހައްދަށް ހިނގާފައި ދިޔައިރު، ސައިކަލުގައި ދިޔަ ދެ މީހަކު އެއްވުމުގެ ބައިވެރިންނަށް ހުރަސް އަޅަން އުޅުމުން ވަގުތުން އެ ދެ މީހުން ފުލުހުން ހައްޔަރުކުރި އެވެ.
އެއްވުމުގެ ބައިވެރިން މިވަގުތު ތިބީ ޕީޖީ އޮފީސް ކުރިމަތީ މަޑުކޮށްލައިގެންނެވެ. އެ ސަރަހައްދުން މީހުން ދުރުކުރުމަށް ޕެޕަސްޕްރޭ ޖެހި އެވެ.