ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ބޭނުންކޮށްގެން އެއްވެސް ތާކަށް ޖަމާވާން ފުލުހުން ފުރުސަތެއް ނުދޭނެ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ޝިފާގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަތުރުފަތުރު ކުރުމާއި އެއްރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ މިނިވަން ކަމަށް ދައުލަތުން ހުރަސް ނާޅާނެ ކަމަށާއި އެހެން ނަމަވެސް އެ މިނިވަންކަމުގެ ހިޔަނީގައި، ޤާނޫނީ އިމުން ބޭރުވާ ގޮތަށް ރާއްޖޭގެ އެއްވެސް ތަނަކަށް އެއްވެސް ބަޔަކު ޖަމާވެ ރާއްޖޭގެ އަމަން ނަގާލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފުރުސަތު ނުދޭނެ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން މިރޭ ބޭއްވި ގައުމީ މަޖިލީސް ޖަލްސާގައި ވަނީ ރަށްތަކުގައި ތިބި މީހުން މާލޭ އައުމަށް ގަރާރެއް ފާސްކޮށްފައެވެ.