އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރެއްވި ކަމަށް ވިދާޅުވެ ބަންޑާރަނައިބު އަހުމަދު އަނިލް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ވަކީލު މޫސާ ސިރާޖް ތުހުމަތު ކުރައްވައިފިއެވެ.
މޫސާ ސިރާޖް ހުކުރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ބަންޑާރަނައިބާ އެއްވެސް ފަނޑިޔާރެއް ބައްދަލު ކުރައްވާފައި ނުވާ ކަމަށެވެ.
Uhthama fandiyaara badhalu vikamah bune dhaulathuge tv ga AG vane dhogu hadhaafa. Ehves fandiyaareh hukuma gulhigen AG aa bahdaleh nukurey. https://t.co/N65lqVVHHg
— Moosa Siraj (@MoosesSiraj) February 2, 2018
މިއަދު ސަރުކާރު ޓީވީ އަށް އެކަނި ފުރުސަތު ދީގެން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުން އަނިލް ވިދާޅުވީ މަޝްވަރާ ކުރެވިފައި ވަނީ ކުށްވެރިންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރެއިން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ފަރާތްތައް ދޫކޮށްލުމާ ގުޅޭ ގޮތުން ހުރި ޤާނޫނީ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ކަމަށެވެ.