ޖަލުގައި ތިބި ސިޔާސީ މީހުން ތިބީ ރަހީނު ކުރެވިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އަމީތު ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމަށް ކަރެކްޝަންސްގެ ފަރާތުން ތަބާ ނުވެ ސިޔާސީ މީހުން ޖަލުގައި ބަންދުކޮށްފައި އަދި ރަހީނުކޮށްފައި ބައިތިއްބާ ކަމުގައިވާނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. ފުލުހުންގެ މުއައްސަސާ އަށް ވެސް އަމީތު ވަނީ ފާޑު ވިދާޅުވެފައެވެ.
އަމީތު ވިދާޅުވި ގޮތުގައި ސިޔާސީ މީހުންގެ އާއިލާތަކުގެ މެމްބަރުން މިވަގުތު މާލެ ޖަލަށް ހާޒިރުވެފައިވެއެވެ.
ހުރިހާ ރައްޔިތުން ވެސް ސާބިތުކަމާއެކު ތިބުމަށް އަމީތު ވިދާޅުވިއެވެ..