ސުޕްރީމް ކޯޓުން މިރޭ ނެރުނު ހުކުމާއި ގުޅިގެން ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފަނޑިޔާރުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ޑރ. ޖަމީލް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ދިވެހި ރައްޔިތުންނަށް ލިބުނު މަތިވެރި ނަސްރެއް ކަމަށާއި މި ވަގުތަކީ ހުރިހާ އެންމެން ވެސް ހިތްތިރިކޮށް ގައުމުގެ ހަމަޖެހުމަށް އިސްކަންދޭންވީ ވަގުތު ކަމަށެވެ.
Miee Dhivehi Rayyithunnah libunu Mathiveri Nasreh. Hahqqaai Insaafu dhemehettevi Fandiyaarunnah Thaureef. Mi vaquthakee hihthiri koh Qaumuge hama jehumah iskan dheynvee vaguthu.
— Mohamed Jameel Ahmed (@MJameelAhmed) February 1, 2018
ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ އުފާ ފާޅުކުރަމުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި އިތުރަށް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް މިނިވަން ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.