ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 09:44
އެސްޓީއޯއަށް އަލަށް ގެނައި ތެޔޮ ޓޭންކަރު އިފްތިތާހުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވާހަކަ ދައްކަވަނީ
އެސްޓީއޯއަށް އަލަށް ގެނައި ތެޔޮ ޓޭންކަރު އިފްތިތާހުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަހީރު ވާހަކަ ދައްކަވަނީ
އެސްޓީއޯ
އެސްޓީއޯ
226 މިލިއަން ރުފިޔާގެ ތެޔޮ ޓޭންކަރެއް އެސްޓީއޯއަށް ގެނެސްފި
މި ޓޭންކަރު ބަނދެފައިވަނީ މީގެ 12 އަހަރު ކުރިން

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އަށް އަގު ބޮޑުކޮށް ތެޔޮ ޓޭންކަރެއް ގެނެސްފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަހީރު ވިދާޅުވީ ޖަރުމަނުވިލާތުން ގެނައި މި ޓޭންކަރުގެ އަގަކީ 14.7 މިލިއަން ޑޮލަރު (226.6 މިލިއަން ރުފިޔާ) ކަމަށެވެ.  

ފަންސަވީސް ހާސް މެޓްރިކް ޓަނުގެ މި ޓޭންކަރު ގަތީ، ޝަހީރު ވިދާޅުވި ގޮތުގައި، ރާއްޖޭން ބޭރުން ތެޔޮ އެތެރެކުރުމަށްޓަކައި ބޭރުގެ ބޯޓް ފަހަރަށް ބަރޯސާވުން ކުޑަކޮށް، ތެޔޮ އެތެރެކުރުން ފަދަ ގައުމަށާއި ކުންފުންޏަށް ވެސް މުހިންމު ކަމެއް ކުރުމުގެ ފުރިހަމަ ގާބިލްކަށް ގާއިމުކުރުމަށް ކަމަށެވެ.

ރާއްޖެއަށް ތެޔޮ އެތެރެކުރާ މައި ކުންފުނި، އެސްޓީއޯއަށް އަލަށް ގެނައި މި ޓޭންކަރުގެ ސަބަބުން ތެޔުގެ ވިޔަފާރި ފުޅާވެގެންދާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

މި ބޯޓަކީ މީގެ 12 އަހަރު ކުރިން ބަނދެފައިވާ ބޯޓަކަށް ވުމާއެކު ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ރާއްޖޭން ބޭރުން ތެޔޮ އެތެރެކުރުމަށް އެސްޓީއޯގައި މިހާރު އޮންނަނީ ގާތްގަނޑަކަށް 8،000 މެޓްރިކް ޓަނުގެ އެންމެ ބޯޓެކެވެ.

- ކޮމެންޓް