ފުލުހުން ތަހްގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޏ. ފުވައްމުލައް، ހޯދަޑު ޒަމާނީވިލާ، އުމުރުން 30 އަހަރުގެ މުހައްމަދު އަހްމަދު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މީހާ ހޯދަން އިއުލާން ކޮށްފައިވަނީ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ފަރާތުން ތަހްގީގު ކުރަމުންދާ އަމުރަށް ނުކިމަންތެރިވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ވީމާ މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792803 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.