ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 08:38
މަޓީގެ ބައްދަލުވުމެއް
މަޓީގެ ބައްދަލުވުމެއް
މަޓީ
މަޓީގެ އަހަރީ އާންމު ޖަލްސާ
މަޓީގެ އަހަރީ އާންމު ޖަލްސާ މިއަދު
އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 10:30 ގައި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ އަހަރީ އާންމު ޖަލްސާ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.

 މަޓީން ބުނީ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، ހެނދުނު 10:30 ގައި ކުރުނބާ މޯލްޑިވްސްގަ އެވެ. މަޓީގެ 28 ވަނަ އަހަރީ އާންމު ޖަލްސާގައި އެ އެސޯސިއޭޝަންގެ އެކްޒެގެޓިވް ބޯޑު މެންބަރުން ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

މަޓީ އުފައްދާފައިވަނީ 1982 ވަނަ އަހަރު އެވެ. މަޓީގެ މައިގަނޑު މަގްސަދަކީ، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމެވެ.

މަޓީގެ އަހަރީ ޖަލްސާ މި ބާއްވަަނީ، ރާއްޖޭގެ އެންމެ ބޮޑު އެއް ހޮޓެލް ޗެއިންކަމުގައިވާ ވިލާ ގްރޫޕްގެ ރިސޯޓްތައް ހުއްޓުމަކަށް ގެނައުމަށް ސަރުކާރުން މަސައްކަތް ފަށާފައި ވަނިކޮށެވެ. ފުލުހުންނާއެކު، ކަސްޓަމްސްއިން ވިލާގެ ރިސޯޓްތަކަށް އަރައި ބައެއް ރިސޯޓްތަކުގެ ބަނގުރާ ސްޓޮކް ގެންގޮސްފައިވާއިރު، އެކަމާމެދު މަޓީން ކަންބޮޑުވުން ފާޅުނުކުރާތީވެ ޓޫރިޒަމް ދާއިރާގެ ބައެއް ބޭފުޅުން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. 

- ކޮމެންޓް