ކ. މާލެ
|
6 ޖެނުއަރީ 2018 | ހޮނިހިރު 21:58
ބިލަބޮންގްއިން ގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަރފް މުބާރާތްތަކާއި އެތުލީޓުން ސްޕޮންސަރ ކުރަމުން
ބިލަބޮންގްއިން ގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސަރފް މުބާރާތްތަކާއި އެތުލީޓުން ސްޕޮންސަރ ކުރަމުން
ގެޓީ އިމޭޖަސް
ބިލަބޮންގް
ކުއިކްސިލްވަރ އިން ބިލަބޮންގް ގަނެފި
ބިލަބޮންގް ވިއްކާލާފައިވަނީ 155 މިލިއަން ޑޮލަރަށް

ސަރފްވެއަރ އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއްކުންފުނި ބިލަބޮންގް 155 މިލިއަން ޑޮލަރުގެ އަގަކަށް ބޯޑްރައިޑަރސްއިން ގަނެފިއެވެ.

ބޯޑްރައިޑަރސްއަކީ މަޝްހޫރު ކުއިކްސިލްވަރ ކުންފުނީގެ ނަން ބަދަލުކޮށް، އެކުންފުންޏަށް މިހާރު ކިޔާ ނަމެވެ. ބޯޑްރައިޑަރސްގެ ނަމުން އެކުންފުންޏަށް ނަންދީފައި ވީނަމަވެސް، އަދިވެސް އެކުންފުނީގެ އުފެއްދުންތައް ވިއްކަނީ ކުއިކްސިލްވަރ ބްރޭންޑްގެ ދަށުންނެވެ.

ކުއިކްސިލްވަރއިން ބިލަބޮންގް ގަނެފައިވަނީ ފާއިތުވި 5 ވަރަކަށް އަހަރު ބިލަބޮންގްއަށް ތަފާތު އެކި މާލީ މައްސަލަތައް ދިމާވެފައިވަނިކޮށެވެ. ބިލަބޮންގްއިން ގެންދަނީ ތަފާތު 8 ބްރޭންޑެއްގެ ދަށުން ހެދުމާއި ސަރފްވެއަރ ވިއްކަމުންނެވެ.

ކުއިކްސިލްވަރ އަދި ބިލަބޮންގްއާއި ދެކުންފުނީގެ ވެސް ބެލެނިވެރި ކުންފުންޏަކީ މިހާރު އެމެރިކާގެ ޕްރައިވެޓް އިކުއިޓީ ކުންފުންޏެއް ކަމަށްވާ އޯކް ޓްރީ ކެޕިޓަލް މެނޭޖްމަންޓްއެވެ.

މިދެކުންފުންޏަކީ ވެސް އޮސްޓްރޭލިއާގައި އެފެދުނު ދެ ކުންފުނި ނަމަވެސް، ކުއިކްސިލްވަރ ކުންފުނިން  1986ވަނަ އަހަރު އެމެރިކާއަށް ބަދަލުވިއެވެ. ބިލަބޮންގް ކުންފުނި އޮސްޓްރޭލިއާގެ ހިއްސާގެ ބާޒާރުގައި ލިސްޓްކުރީ 2000ވަނަ އަހަރުއެވެ.

ބިލަބޮންގް 155 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމިއިރު، 2012ވަނަ އަހަރު އޭގެ ހަތަރު ގުނަ ބޮޑު އަގަކަށް އެކުންފުނި ގަތުމަށް ހުށަހެޅުންތައް ލިބުނެވެ.

ބިލަބޮންގްއާއި ކުއިކްސިލްވަރ އެއްވުމުން އެދެކުންފުނީގެ ޖުމްލަ 630 ފިހާރަ 28 ޤައުމެއްގައި ހުންނާނެ ކަމަށް ބޯޑްރައިޑަރސްއިން ބުނެއެވެ.

- ކޮމެންޓް