2018 ވަނަ އަހަރު ފެނިގެންދާނީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާނެ ހުލުގު ހެޔޮ ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތްﷲގެ އިރާދަފުޅާއެކު 2018 ގައި ދިވެހި ރައްޔިތުންނަށް ފެނިގެންދާނީ ލޯތްބާއި ހިނިތުންވުމާއި އޯގާތެރިކާމާއެކު ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާނެ ހުލުގު ހެޔޮ ވެރިއެއް ކަމަށެވެ. އަދި އެ ވެރިޔަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މުސްތަފާ ވަނީ ޓުވީޓުގައި ލިޔުއްވާފައެވެ.
Allah ge iraadhafulhaa eku 2018 gai raiyyithunnah dhen fennigendhaanee loaibaa hinithun vumaa ,Oagaatheri kamaa eku raiyyithunge mahchah verikan kuraane hulgu heyo veriyeh, RN.
— Mohamed Musthafa (@Thimarafushi) December 28, 2017
ސަރުކާރާއި ޕީޕީއެމްގެ ބޭފުޅުން ގެންދަވަނީ އެކިއެކި ޕޯޑިއަމްތަކުގައި ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ. ޕީޕިއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ރައީސް ނަޝީދަށް ފުރުސަތެއް ނެތް ކަމަށާއި، މާލެ ވަޑައިގެންފިނަމަ ރައީސް ނަޝީދު ވަޑައިގަންނަވަން ޖެހޭނީ ޖަލަށް ކަމަށެވެ.
އެމްޑީޕީ އިން ބުނަމުންދަނީ ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެކަމަށެވެ.