ކ. މާލެ
|
28 ޑިސެންބަރ 2017 | ބުރާސްފަތި 12:32
ދ ނިޔާމަ ރިޒޯޓު
ދ ނިޔާމަ ރިޒޯޓު
ގޫގުލް
ފަތުރުވެރިކަމުގެ ދާއިރާ
އިންޑިއާ މީހުން މިއަހަރު އެންމެ ގިނައިން ސާޗްކުރި މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ
މިއަހަރުގެ ފުރަތަމަ 11 މަސްދުވަހު ރާއްޖެ އައި އިންޑިއާ ފަތުރުވެރިންގެ އަދަދުވަނީ އިތުރުވެފައި

އިންޑިއާ މީހުން ޤައުމުން ބޭރަށް ޒިޔާރަތްކުރުމަށް ގޫގްލްއިން އެންމެ ގިނައިން ސާޗްކުރި އެއް މަންޒިލަކީ ދިވެހިރާއްޖެ ކަމަށް ގޫގްލް އިންޑިއާއިން ބުނެފިއެވެ.

ގޫގްލްއިން ބުދަ ދުވަހު ނެރުނު މިއަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިންޑިއާ މީހުން މިއަހަރުގެ ފިނި މޫސުމުގައި އެންމެ ގިނައިން ސާޗްކުރި މަންޒިލްތަކަކީ ރާއްޖޭގެ އިތުރުން ސީޝެލްސް އަދި އިންޑޮނީޝިއާގެ ބާލީއެވެ. މި މަންޒިލްތަކަށް ކުރި ސާޗްތައް، މި ފިނި މޫސުމުގައި 40 އިންސައްތަ އިތުރުވެފައިވެއެވެ.

އިންޑިއާއިން މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅައިބަލާއިރު، މިއަހަރުގެ ނޮވެމްބަރު މަހު އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު 4.9 އިންސައްތަ ވަނީ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 11 މަސް ދުވަހު އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދުވެސް މިދިޔަ އަހަރާއި އަޅާބަލާއިރު 22.9 އިންސައްތަ ވަނީ އިތުރުވެފައެވެ. މިއަހަރުގެ ފުރަތަމަ 11 މަސްދުވަހު އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 57 ހާސް ފަތުރުވެރިންނެވެ. އަދި މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 70 ހާހަށްވުރެ ގިނަ ފަތުރުވެރިން އިންޑިއާއިން ޒިޔާރަތްކުރިއެވެ. މިއަހަރުގެ ފުރަތަމަ 11 މަސްދުވަހު ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދުގެ 5.6 އިންސައްތައަކީ އިންޑިއާގެ ފަތުރުވެރިންނެވެ.

- ކޮމެންޓް