ކ. މާލެ
|
24 ޑިސެންބަރ 2017 | އާދީއްތަ 15:19
ޕޮލިމަރ ފަސް ރުފިޔާގެ ނޫޓް
ޕޮލިމަރ ފަސް ރުފިޔާގެ ނޫޓް
ޓްވިޓަރ
ފަސް ރުފިޔާ ނޫޓް
މިހާތަނަށް ކަލެކްޓް ކުރެވިފައިވަނީ ކަރުދާސް ފަސްރުފިޔާ ނޫޓްގެ 23.3 ޕަސެންޓް
25.45 މިލިއަން ރުފިޔާގެ ފަސް ރުފިޔާގެ ނޫޓް ދައުރުވޭ
76.7 ޕަސެންޓް ކަލެކްޓް ނުކުރެވޭ
އާންމުންނަށް ދޫކޮށްފައިވާ ރަންދިހަ ފަހެއްގެ ފަސް ރުފިޔާ ނޫޓްގެ ޖުމްލަ އަދަދަކީ 8.67 މިލިއަން ރުފިޔާ

ކަރުދާސް ފަސް ރުފިޔާގެ ނޫޓު ބޭނުން ކުރެވޭނެ އެންމެ ފަހު ދުވަސް ޖެހެން ހަ ދުވަހަށް ވެފައިވާ އިރު މިހާތަނަށް ކަލެކްޓް ކުރެވިފައި ވަނީ ދައުރުވާ ފައިސާގެ 23.3 ޕަސެންޓް ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ވަނީ ފަސް  ރުފިޔާގެ ކަރުދާސް ނޫޓް ވިޔަފާރީގެ މުއާމަލާތަށް ބޭނުން ކުރެވޭނެ އެންމެ ފަހު ތާރީހަކީ 31 ޑިސެމްބަރު 2017 ކަމަށް ކަނޑައަޅާފަ އެެވެ.

އެމްއެމްއޭއިން ބުނީ މިއަހަރުގެ އޮގަސްޓް 09 ވަނަ ދުވަހުގެ ނިޔަލަށް 25.45 މިލިއަން ރުފިޔާ "ފަސް ރުފިޔާގެ" ނޫޓް ދައުރުވަމުންދާ ކަމަށެވެ. އެހެން ނަމަވެސް 21 ޑިސެމްބަރު މަހުގެ ނިޔަލަށް އެމްއެމްއޭއަށް ކަލެކްޓް ކުރެވިފައިވަނީ 5.92 މިލިއަން ރުފިޔާ ކަމަށް އެ އިދާރާއިން ބުނެ އެވެ. އެއީ ދައުރުވާ ފައިސާގެ 23.3 ޕަސެންޓް ކަމަށް އެމްއެމްއޭއިން ބުނެ އެވެ. ބާކީ ކަލެކްޓް ނުކުރެވި، 19.53 މިލިއަން ރުފިޔާ ދައުރުވާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. އެއީ  ދައުވާ ފަސް ރުފިޔާގެ ނޫޓްގެ 76.7 ޕަސެންޓެވެ.

އެމްއެމްއޭ އިން ދޫކުރި ރަން ދިހަ ފަހެއްގެ ފަސް ރުފިޔާގެ ނޫޓްގެ ޖުމްލަ އަދަދަކީ 8.67 މިލިއަން ރުފިޔާ އެވެ. ފަސް ރުފިޔާގެ ކަރުދާސް ނޫޓު ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުން ކުރުމުގެ މުއްދަތު މިއަހަރުގެ ނިޔަލަށް ހަމަވާއިރު 31 ޖުލައި 2021 ގެ ނިޔަލަށް ފަސް ރުފިޔާގެ ކަރުދާސް ނޫޓުތަކަށް އެމްއެމްއޭ އިން ބަދަލު ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެމްއެމްއޭއިން ވަނީ ވިޔަފާރިވެރިން ވެސް  ލިބޭ ކަރުދާސް ނޫޓް އަނބުރާ ކަސްޓަމުންނަށް ދޫނުކޮށް، އެމްއެމްއޭއާ ހަވާލުކޮށް، ރަންދިހަފަހެއްގެ ނޫޓަށް ބަދަލު ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

 

- ކޮމެންޓް