ގދ. ވާދޫއިން ފުރައިގެން ގދ. ގައްދޫއަށް ދަތުރުކުރި ޑިންގީއެއްގެ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ 9:15 ހާއިރު ތިން މީހުންނާއެކު ވާދޫއިން ފުރި 15 ފޫޓުގެ މި ޑިންގީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ ހޮނިހިރު ދުވަހު ފަތިހު 05:30 ހާއިރުއެވެ.
ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދަކާއި ސީއެމްބިޔުލާންސްއެއް ބޭނުންކޮށްގެން އެ ސަރަޙައްދު ބަލަމުން ދަނިކޮށް ޑިންގީ ފެނިފައިވަނީ އެ އަތޮޅު ފަޅުރަށެއްގެ ކައިރިން ހޮނިހިރު ދުވަހު ހެނދުނު 08:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ފެނުނުއިރު އޭގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅެވެ.
ޑިންގީ ގެއްލުނީ، ދަތުރުކުރަމުން ދަނިކޮށް ރާޅު ބާންޏާއެކު ބަންޑުން ޖަހާލުމުން ކަމަށް އޭގައި ތިބި މީހުންނާ ހަވާލާދީ އެމްއެންޑީއެފުން ބުނެ އެވެ.