މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން ބައެއް މަގުތައް ބަންދުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމައިފިއެވެ.
ފުލުހުން ބުނީ 20 ޑިސެމްބަރު ވާ ބުދަ ދުވަހުގެ ހެނދުނު 7:00 އިން ފެށިގެން މެންދުރުފަހު 2:30 އާއި ހަމަޔަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބަންދުކުރުމަށް ހަމަޖެހިފައިވާ ގޮތަކީ؛
- ބޮޑުތަކުރުފާނުމަގު ހުސޭނީގޯޅި އާއި ގުޅުނު ކަންމަތި
- ކަނޑިދޮންމަނިކުގޯޅި ހުސޭނީގޯޅި އާއި ގުޅުނު ހިސާބު
- އިބްރާހީމްހަސަންދީދީމަގު ހުސޭނީގޯޅި އާއި ގުޅުނު ހިސާބު
- އޯކިޑްމަގު ހުސޭނީގޯޅި އާއި ގުޅުނު ހިސާބު
- ޗާންދަނީމަގު ދަނބުގޯޅި އާއި ގުޅުނު ހިސާބު
- މެދުޒިޔާރަތްމަގު ޝަހީދުއާދަމްނަސީރުހިނގުމާއި ގުޅުނު ހިސާބު
- މެދުޒިޔާރަތްމަގު ނޫރާނީގޯޅި އާއި ގުޅުނު ހިސާބު
- މެދުޒިޔާރަތްމަގު ޝަހީދުހުސަންމުޙައްމަދުހިނގުމާއި ގުޅުނު ހިސާބު
- ބޮޑުތަކުރުފާނުމަގު ލޮޓަސްގޯޅި އާއި ގުޅުނު ހިސާބު
- އަމީރްއަޙްމަދުމަގު ލޮޓަސްގޯޅި އާއި ގުޅުނު ހިސާބު
މީގެ އިތުރުން 20 ޑިސެމްބަރު ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން އެދުވަހުގެ މެންދުރުފަހު 2:30 އާއި ހަމަޔަށް ދަރުބާރުގެ ހިމެނޭ ސަރަހައްދު ބަންދުކުރުމަށް ވެސް ވަނީ ނިންމާފައެވެ. ދަރަބާރުގެ ހިމެނޭ ސަރަހައްދު ބަންދުކުރުމަށް ހަމަޖެހިފައިވާ ގޮތަކީ؛
- މޫންލައިޓްހިނގުން ބުރުޒުމަގާއި ގުޅުނު ހިސާބު
- ރަތްވިލާހިނގުން ބުރުޒުމަގާއި ގުޅުނު ހިސާބު
- ޖަނަވަރީހިނގުން ބުރުޒުމަގާއި ގުޅުނު ހިސާބު
- އިރުދޭމާހިނގުން ބުރުޒުމަގާއި ގުޅުނު ހިސާބު
- ކަލާފާނުހިނގުން ބުރުޒުމަގާއި ގުޅުނު ހިސާބު
- އަމީނީމަގު ކަށިމާހިނގުމާއި ގުޅުނު ހިސާބު
- ބޮޑުތަކުރުފާނުމަގު ފަޅުމަތީމަގާއި ގުޅުނު ހިސާބު
ފުލުހުން ބުނީ މި ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި އެވަގުތުތަކުގައި ފުލުހުންގެ އިރުޝާދާއި އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް އަމަލުތައް ބެލެހެއްޓުމަށް އިލްތިމާސްކޮށްފައިވެއެވެ.
Malaysia ge boduvazeeru Dhivehiraajje ah kurahvaa rasmee dhathurufulhaai gulhigen maguthah bandhukurevey goiyhttps://t.co/GDf5eHeifG pic.twitter.com/04NW4vWsiJ
— Maldives Police (@PoliceMv) December 19, 2017