ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 11:54
ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ
ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ
ގޫގުލް
ބޭންކުތައް ބަންދު
މިމަހުގެ 31 ވަނަ ދުވަހު ހުރިހާ ބޭންކެއް ބަންދުވާނެ
އެމްއެމްއޭގެ ބޭންކިންގ ޚިދުމަތްތައް ބަންދު ދުވަހެއް
ބޭންކުތައް އޮޑިޓު ކުރުމަށް ބަންދު ކުރާނެ
މިއަހަރު ބޭންކިންގ ޚިދުމަތްދޭ ފަހު ދުވަހަކީ މިމަހުގެ 28 ވާ ބުރާސްފަތި ދުވަސް

މިމަހުގެ 31 ވަނަ ދުވަހަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) ގެ ބޭންކިންގ ޚިދުމަތްތައް ބަންދު ދުވަހެއް ކަމަށް އިއުލާނުކޮށްފި އެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ކުރި އިއުލާނެއްގައިވާ ގޮތުގައި މިއަހަރު އެ އޮތޯރިޓީއިން ބޭންކިންގ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ފަހު ދުވަހަކީ މިމަހުގެ 28 ވާ ބުރާސްފަތި ދުވަހެވެ. އަދި މިމަހުގެ 31 ވާ އާދީއްތަ ދުވަހަކީ ބޭންކިންގ ޚިދުމަތްތައް ބަންދު ދުވަހެއް ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

އެމްއެމްއޭގެ ބޭންކިންގ ޚިދުމަތް ކޮންމެ އަހަރެއްގެ ވެސް އަހަރު ނިމޭ ދުވަހު ބަންދުކުރާތީ، ރާއްޖޭގެ ހުރިހާ ބޭންކުތަކެއް އަހަރު ނިމޭ ދުވަހު ބަންދުކުރެ އެވެ. ކޮންމެ އަހަރެއްގެވެސް، އަހަރު ނިމޭ ދުވަހު ބޭންކުތައް ބަންދުކުރުމަށް ފަހު، ބޭންކުތައް އޮޑިޓް ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް